Roadha Mihaaru
ޔޫކޭ ނެޓްވޯކްތަކުން ވާވޭ ބޭރުކުރަން 7 އަހަރު ނަގާނެ

އިނގިރޭސިވިލާތުގެ މޮބައިލް ނެޓްވޯކްތަކުން ވާވޭ ބޭރުކުރަން 7 އަހަރު ނަގާނެ

12 ޖުލައި 2020

އިނގިރޭސިވިލާތުގައި މުއާސަލާތީ ޚިދުމަތް ދޭ ކުންފުނިތަކުން، ޗައިނާގެ "ވާވޭ ޓެޖްނޮލޮޖީޒް"އާ ގުުޅުމެއް އޮތް ނަމަ، އެ ގުޅުން ކަނޑާލަން ވަނީ ޖެހިފަ އެވެ. ވާވޭ އިން އުފައްދާ މުއާސަލާތީ އާލާތްތައް ބޭނުންކުރުން މުޅިން ހުއްޓާލަން ވަނީ ޖެހިފަ އެވެ. މިއީ މިހާރުން މިހާރަށް ކުރެވެން އޮތް ކަމެއް ނަމަ ކުރަންވީ އެވެ. މި ނޫން ގޮތެއް ނެތެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ބްރިޓިޝް ޓެލެކްމޮ އަދި ވޮޑަފޯން އިން ބުނާ ގޮތުގައި، އެ މީހުންގެ ނެޓްވޯކްތަކުގައި ބޭނުންކުރެވޭ ވާވޭ އާލާތްތައް ބޭނުންނުކޮށް އަދި ފަރުޖެއްސޭކަށް ނެތެވެ. އެ ނޫން އާލާތްތަކަކަށް ބަދަލުވާން ކިތަންމެ އަވަހެއް ކުރި ނަމަވެސް، ތިން އަހަރަށް ވުރެ ކުރިން، ކަމެއް ކުރިހެން ވެސް ހީނުވާނެ އެވެ.

ޗައިނާ އަށް ދަތިކުރަން އެމެރިކާ އިސްވެ އޮވެ ކުރާ މަސައްކަތްތަކުގައި، އިނގިރޭސިވިލާތް ބައިވެރިވާން ވަނީ ޖެހިފަ އެވެ. މުއާސަލާތީ ޚިދުމަތް ދޭން ބޭނުންކުރާ ވާވޭ އާލާތްތަކުގެ ބަދަލުގައި ބޭނުންކުރާނެ އާލާތްތަކެއް ހޯދަން ވެސް ވަނީ ޖެހިފަ އެވެ. މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކަށް ސަރުކާރުން އަންގާފައި ވަނީ ވީ އެންމެ އަވަހަކަށް މިކަން ކުރުމަށެވެ. ނަމަވެސް، ކުންފުނިތަކުން ބުނަނީ އަވަސްކުރަން ހަދައިގެން މުއާސަލާތީ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމަށެވެ. ތިން އަހަރު އަދި ފަސް އަހަރުން ވެސް މަސައްކަތްތައް ނުނިންމޭނެ ކަމަށެވެ.

އިނގިރޭސިވިލާތުން ވާވޭ ބޭރުކުރަން އެންމެ އެކަށީގެންވާ މުއްދަތަކީ ހަތް އަހަރު ކަމަށް މުވާސަލާތީ ކުންފުނިތަކުން ބުނެ އެވެ. މިއީ ކުރަން އޮތް ވަރަށް ބޮޑު ޚަރަދަކަށް ވެފައި، މުވާސަލާތީ ގުޅުން ދަމަހައްޓަމުން މިކަން ކުރުން އުނދަގޫ މަސައްކަތަކަށް ވާނެ ކަމަށް ވެސް ކުންފުނިތަކުން ބުނެ އެވެ. އަދި ދުނިޔެ 5ޖީ އަށް ބަދަލުވެގެން އަންނަ ދަނޑިވަޅުގައި، ވާވޭ ބޭރުކުރަން ހަދައިގެން، އިނގިރޭސިވިލާތް އޮންނާނީ ވަރަށް ފަހަތުގައި ކަމަށް ވެސް ކުންފުނިތަކުން ބުނެ އެވެ.