Roadha Mihaaru
ޓެސްލާގެ "މޮޑެލް ވައި" ކާރުގެ އަގުހެޔޮކޮށްފި

ޓެސްލާގެ "މޮޑެލް ވައި" ކާރުގެ އަގުހެޔޮކޮށްފި

14 ޖުލައި 2020

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ކާރުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައި ވަނިކޮށް މަޝްހޫރު ޓެސްލާ ކުންފުނީގެ މޮޑެލް ވައި ކާރުގެ އަގު ހެޔޮކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ކާރުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައި ވަނިކޮށް މަޝްހޫރު ޓެސްލާ ކުންފުނީގެ މޮޑެލް ވައި ކާރުގެ އަގު ހެޔޮކޮށްފި އެވެ.

މަހުޖަނު އީލޮން މަސްކްގެ ކުންފުނިން ބުނި ގޮތުގައި ކުރިން 52،990 ޑޮލަރު (816,046ރ.) އަށް ވިއްކަމުން ދިޔަ ލޯންގް ރޭންޖް އޭޑަބްލިއުޑީގެ މިހާރުގެ އަގަކީ 49،990 ޑޮލަރު (769,846ރ.) އެވެ. އެހެންވެ ކާރުގެ އަގުން 3،000 ޑޮލަރު (46,200ރ.) ވަނީ ކުޑަވެފަ އެވެ.

އަގަށް ބަދަލު ގެނައި ސަބަބެއް ޓެސްލާ އިން ހާމަ ނުކުރި ނަމަވެސް، މިއީ މޮޑެލް ވައިގެ ޑިމާންޑް އުފުލިގެންދާނެ ކަމަށް ބެލެވެ.

ޓެސްލާ އިން ބުނި ގޮތުގައި އެމެރިކާގެ ފްލޮރިޑާގައި ހިންގާ ފްރެމަންޓް ފެކްޓްރީ ވަގުތީ ބަންދުކުރަން ޖެހުނު ނަމަވެސް މާޗް މަހުން ފެށިގެން މި މަހުގެ 2 ވަނަ ދުވަހާ ހަމައަށް މޮޑެލް ވައިގެ 80،050 ކާރު ވިއްކާފައިވެ އެވެ.