22 އޮކްޓޯބަރ 2016
އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު 4-3 އިން ކްލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމް ހޯދައިފި އެވެ.
އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު 4-3 އިން ކްލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމް ހޯދައިފި އެވެ.
މިދިޔަ އަހަރު ވެސް ދެ ވަނައިގައި ލީގުގެ ނިންމާލި ޓީސީ މި ފަހަރު ދެ ވަނަ ކަށަވަރުކުރީ ކުޅުނު 21 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ތިން ވަނައިގައި އޮތް ކްލަބް އީގަލްސް މިރޭ ޗެމްޕިއަން މާޒިޔާ ބަލިކުރި ނަމަވެސް އެޓީމަށް ޓީސީއާ ހަމަނުކުރެވޭނެ އެވެ. އީގަލްސް މިވަގުތު ތިން ވަނައިގައި އޮތީ 20 މެޗުން 38 ޕޮއިންޓާ އެކު އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 20 މެޗުން 44 ޕޮއިންޓާ އެކު އެވެ.
މި މެޗުން މޮޅުވެގެން ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމުގެ ފުރުސަތު ވެލެންސިއާ އަށް އޮތެވެ. އެހެން ނަމަވެސް މި މެޗުން ބަލިވުމުން އެ ޓީމު ލީގު ނިންމާލަން ޖެހުނީ 21 މެޗުން ލިބުނު 20 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އޮވެ އެވެ. ލީގުގެ ފަހު ބުރުގައި އެ ޓީމަށް މެޗަކުން މޮޅެއް ނުހޯދެ އެވެ. ހަތަރު ވަނަ ލިބުނީ 23 ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ އަށެވެ. އަދި 23 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ފަސް ވަނަ ލިބުނީ ނިއު ރޭޑިއަންޓެވެ.
ވެލެންސިއާގެ ސަޑޭ: މިއަދުގެ މެޗަކީ އޭނާ މި ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި މެޗު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ވެލެންސިއާގެ ތިން ލަނޑު ވެސް ޖެހީ މެޗުގައި އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ހަސަން އަދުހަމް (ސަޑޭ) އެވެ. ޓީސީގެ ހަތަރު ލަނޑުގެ ތެރެއިން ސެންޓޭ ތިން ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ އަލީ ނާފިއު (ކަޅޭ) އެވެ.
ސަޑޭ ވެލެންސިއާ އަށް ލީޑުނަގައިދިނީ މެޗުގެ 18 ވަނަ މިނިޓްގަ އެވެ. ޓީސީގެ މުހައްމަދު ޝައްފާޒް (ސައްޕޭ) އަތުން ގެއްލުނު ބޯޅައެއް ހޯދުމަށް ފަހު ސަޑޭ މި ލަނޑު ޖެހީ ޓީސީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ އެވެ.
ވެލެންސިއާ އިން ލީޑުނެގިތާ ދެ މިނިޓް ފަހުން ޓީސީ އަށް އެއްވަރުކޮށްދިނީ ސެންޓޭ އެވެ. އޭރިއާ ބޭރު ރޮނގުކައިރިން ސެންޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް އަތުގައި ޖެހިފަ އެވެ.
ވެލެންސިއާ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 56 ވަނަ މިނިޓްގަ އެވެ. ޓީސީ އޭރިއާ ތެރެއިން ސަޑޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިރިތިރިން ގޮހެވެ. މި ފަހަރު ވެސް ވެލެންސިއާ އަށް ލީޑު ހިފަހައްޓާލެވުނީ ކުޑަ ވަގުތު ކޮޅަކަށެވެ.
ޓީސީ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ މެޗުގެ 60 މިނިޓްގައި ކަޅޭ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި ނާއިޒު ހަސަން (ދާދު) ދިން ބޯޅައަކުން ވެލެންސިއާ އޭރިއާ ތެރެއިން ކަޅޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.
ޓީސީ އަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިއާ ސެންޓޭ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި ސެންޓޭ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ. ޓީސީން ލީޑުނެގުމާ އެކު ވެލެންސިއާ އިން އަނެއްކާ ވެސް ކުރިއަށް ޖެހިލި އެެވެ.
ފަހު ލަނޑު ޖެހުމަށް ފަހު ޓީސީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވެލެންސިއާގެ ތިން ވަނަ ލަނޑު ޖަހައި ސަޑޭ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. ޓީސީ މެދުތެެރެއިން ގެއްލުނު ބޯޅައެއް ހޯދުމަށް ފަހު އޭރިއާ ތެރެއިން ސަޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ދުރު ކަނަށެވެ.
ސެންޓޭ ޓީސީ މޮޅުކޮށްދިން ލަނޑުޖެހީ މެޗު ނިމެން 12 މިނިޓަށް ވެފައި ހުއްޓަ އެވެ. ދާދު ހުސްކޮށްލާފައި ދިން ބޯޅަ ސެންޓޭ ވަނީ ވެލެންސިއާ ކީޕަރު ފައިސަލް އަަތްމަތިން ގޯލުގެ ކަނުގައި ތަތްކޮށްލައިފަ އެވެ.
މިރޭގެ މެޗުގައި ޖެހި ތިން ލަނޑާ އެކު ސެންޓޭ ލަނޑު ލިސްޓުގެ ކުރީގައި އޮތީ 29 ލަނޑު ޖަހައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ 24 ލަނޑު ޖަހައިފަ އެވެ.
ލީގުގެ ފަހު މެޗުގައި މިރޭ ޗެމްޕިއަން މާޒިޔާ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. މިރޭގެ މެޗަށް ފަހު ލީގުގެ އައްޑަނަ މާޒިޔާއާ ހަވާލުކުރާނެ އެވެ.
މޮޅު ކުޅުންތެރިއަކީ ސެންޓޭ، އެއް ވަނަ ކީޕަރަކީ ސުޖަން
ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީ ބަދަލު ހިފައިފި
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
ވެލެންސިއާ ބަލިކޮށް ޓީސީ ތިން ވަނައިގައި ހަމަޖެހިލައިފި
ޓީސީއާ އެކު ސެންޓޭގެ ވިދުން ގަދަވެއްޖެ
ޓީސީ ބަލިކޮށް ވެލެންސިއާ ތިން ވަނަ އަށް އަރައިފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ