ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑު ފިނޮޅަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން މަސައްކަތްކުރަން ގެންދިޔަ މީހުން އެ ރަށުން ބާލަން އަމުރު ނެރުއްވުމުން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.
16 ޖުލައި 2020
ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑު ފިނޮޅަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން މަސައްކަތްކުރަން ގެންދިޔަ މީހުން އެ ރަށުން ބާލަން އަމުރު ނެރުއްވުމުން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.
ބޮޑުފިނޮޅުގެ މަސައްކަތްތަކަކާ ހަވާލުގެން ތިބި ރިޒް ކުންފުނިން އެ ރަށަށް ގެންގޮސް ތިބި ބިދޭސީންނަށް މުސާރަ ނުދީގެން ހިންގި ހަމަނުޖެހުންތަކަށް ފަހު އެ ކުންފުނިން ހަވާލުވާން އިންކާރުކޮށް ނުގެންގޮސް ތިބި މީހުންނާ ހަވާލުވެ ބޮޑުފިނޮޅުން ވަގުތުން ބާލަން ރިޒް ކުންފުންޏާއި ފުލުހުންގެ މައްޗަށް ވަގުތީ އަމުރެއް ނެރުއްވީ އަހްމަދު ލަތީފަކީ ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކާ ހަވާލުވެ ހުންނެވި އިސް މެޖިސްޓްރޭޓެވެ.
ރިޒާގެ ކުންފުންޏަށް ގާނޫނީ ލަފާދޭ ލޯ ފާމް، "ލޯ ކްރާފްޓް" އިން ނެރުނު ބަޔާނެއްގައި ބުނީ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފްގެ ސުލޫކީ މައްސަލައެއް އީމެއިލްގެ ޒަރިއްޔާއިން އިއްޔެ ރޭ ޖޭއެސްސީ އަށް ހުށަހަޅާފައިވާ ކަަމަށެވެެ. ލޯކްރާފްޓުން ނެރުނު ތިން ސަަފްހާގެ ދިގު ބަޔާނުގައި މެޖިސްޓްރޭޓް ލަތީފަށް ގިނަ ތުހުމަތުތަކެއް ކޮށްފައި ވެ އެވެ. އެގޮތުން އޭނާ ނެރުއްވި އަމުރަކީ ވަކި ބަޔަކަށް މަންފާ ހޯދައިދޭން، ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ލޯ ކްރާފްޓުން ބުނެފައިވަނީ ބޮޑުފިނޮޅުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން، ރިޒް ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައެޅުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅާފައިވާ މައްސަލާގައި ރިޒްގެ ފަރާތުން ނެގި އިޖުރާއީ ނުކުތާތައް ބަލައިގެންފައި ނުވާ ކަމަށާއި އެއީ މައްސަލަ ބާތިލްކުރަން ޖެހިދާނެތީ ކަމަށް ބެލެވޭ ކަމަށެވެ. އަދި މެޖިސްޓްރޭޓް އަމަލުކުރައްވަންވީ ގޮތް ޝަރީއަތުގައި ކިޔައިދެނީ ސީލްގެ ވަކީލުން ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އަމުރު ނެރުއްވީ ބޮޑުފިނޮޅު މައްސަލާގައި ހިންގަމުންދާ ހިއުމަން ޓްރެފިކިންގެ ތަހުގީގަށް ހުރަސްއެޅޭ ގޮތަށް ކަމަށާއި މިކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ވެސް ހިމެނޭ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެހެންވެ "ވަަކި ބަޔަކަށް މަންފާވާ ގޮތަށް ގާނޫނާ ހިލާފަށް މަގާމުގެ ނުފޫޒު ބޭނުންކޮށް އަމުރެއް ނެރުމަކީ ފަނޑިޔާރުގެ ސުލޫކީ މިންގަނޑާއި ހިލާފު ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭތީ" ޖޭއެސްސީ އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ލޯ ކްރާފްޓުން ބުންޏެވެ.
ބޮޑުފިނޮޅުން ރިޒްގެ މަސައްކަތު މީހުން ބާލަން އަމުރު ނެރެފި https://t.co/TFrL1zxvwQ
— Mihaaru (@Mihaarunews) July 15, 2020
ވަގުތީ އަމުރަށް ފަހު ރިޒްގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަމުރު ރައްދުވާ "ރިޒް" އަކީ ވުޖޫދުގައި ނެތް ކުންފުންޏެއް ކަމަށާއި ކުންފުންޏަށް ކިޔަނީ އާރްއައިއެކްސް ކަމަށެވެ. އެކަމަކު ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކާއި މިހާތަނަށް މުއާމަލާތްކުރި އެކި ލިޔުންތަކުގައި ވެސް "ރިޒް" ކަމަށް ދިވެހި ބަހުން ލިޔެފައި އެބަހުއްޓެވެ. ނަމާ މެދު ސުވާލު އުފައްދައި ވާހަކަ ދައްކަން ފަށާފައި ވަނީ އެތައް ބިދޭސީންނަކަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލާގައި ހިއުމަން ޓްރެފިކިން އަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ބަލަން ފެށުމާ އެކުގަ އެވެ.
ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަކީ ސީލް މޯލްޑިވްސް އިން ބުނާ ގޮތުގައި އެ ރަށް ތަރައްގީކުރަން ހަވާލުކުރި ރިޒް ކުންފުނިން ގެންދިޔަ މީހުންނެވެ. އެކަމަކު ރިޒް ކުންފުނިން ބުނެފައިވަނީ އެއީ ކޮން ބައެއްކަން އެނގޭނެ ލިޔެކިޔުން ވެސް ނެތް ކަމަށާއި އެ ރަށުގައި ތިބީ ރިޒްގެ 14 ބިދޭސީ މުވައްޒަފުން ކަމަށެވެ.
ރިޒް އިން ބުނެފައިވަނީ މުވައްޒަފުންނަށް މުސާރަ ނުދެވުނީ ސީލް އިން ފައިސާ ނުދޭތީ ކަމަށެވެ. އެކަމަކު ސީލް އިން ވަނީ އިން ވަނީ އެ ތުހުމަތަށް އިންކާރުކޮށް، ފައިސާ ދިން ކަމަށް ބުނެފަ އެވެ. އަދި ބުނެފައިވަނީ ރިޒްގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގައި އޮންނަ ގޮތުން ރިޒްގެ ޒިންމާއެއް ކަމަށާއި އެއީ ސީލް އިން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
ކޯޓު އަމުރަށް އަމަލު ނުކުރާނެ ކަމަށް ރިޒުން ބުނެފި
މެމްބަރު ރިޒާއަށް ހިއުމަން ޓްރެފިކިންގެ ދައުވާކޮށްފި
ބިދޭސީންނަށް މުސާރަނުދީ ސޮއިކުރުވާ ކަމަށް ބުނެ ޕޮލިހަށް
ރިޒުގެ މައްޗަށް ޓްރައިބިއުނަލުން އަމުރެއް ނެރެނުދިން!
ބޮޑުފިނޮޅުގެ މައްސަލަ ޓްރައިބިއުނަލްގައި ތާށިވެފައި!
ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް
ހާލުގައި ޖެހިފައި ތިބި ބިދޭސީން ބޮޑުފިނޮޅުން ބާލައިފި
ބިދޭސީންނާ ހަވާލުނުވާން ރިޒުން އެހެން ވާހަކަތަކެއް!
ރިޒުން 205 ބިދޭސީ މުވައްޒަފުންގެ ލިސްޓެއް ފޮނުވި
ގަވާއިދާ އެއްގޮތަށް ބޮޑުފިނޮޅުގައި ތިބީ 48 ބިދޭސީން!