ވޮޝިންޓަން (ޖުލައި 21) - ޗައިނާގައި އަޣުލަބިއްޔަތު ނެތް ވީގޫރް މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރާ އެ ގައުމުގެ 11 ކުންފުންޏަކާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
21 ޖުލައި 2020
ވޮޝިންޓަން (ޖުލައި 21) - ޗައިނާގައި އަޣުލަބިއްޔަތު ނެތް ވީގޫރް މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރާ އެ ގައުމުގެ 11 ކުންފުންޏަކާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
އެމެރިކާގެ އިތުރުން ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް ދަނީ ޝިންޖިއާންގައި ދިރިއުޅޭ ވީގޫރް މުސްލިމުންނާ މެދު ވަރަށް އިހާނެތިކޮށް ޗައިނާ އިން ކަންތައް ކުރާ ކަމަށް ތުހުމަތު ކުރަމުންނެވެ. ޗައިނާގެ ހުޅަނގުގެ ޝިންޖިއާންގައި މިލިއަނެއްހާ ވީގޫރް މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ކަމަށް ޗައިނާ އަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެ މީހުން އިސްލާހު ކުރުމުގެ ނަމުގައި ޖަލުތަކުގައި ބަންދުކުރުމާއި ދީނީ ވާޖިބުތައް އަދާކުރުމަށް އެ މީހުންނަށް ހުރަސް އެޅުން ހިމެނެ އެވެ. ޗައިނާ އިން ބުނެފައި ވަނީ ވީގޫރް މުސްލިމުންނާ ދެކޮޅަށް އެފަދަ އަމަލެއް ނުހިންގާ ކަމަށެވެ.
އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ބުނީ ބްލެކްލިސްޓް ކުރި ޗައިނާގެ 11 ކުންފުންޏަކީ ވީގޫރް މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުގެ ސިޔާސަތު ތަންފީޒް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ކަމަށް ބުނެފައިވެ އެވެ. ކޮމާސް ޑިޕާޓްމަންޓުން ވަނީ ބްލެކްލިސްޓް ކުރި 11 ކުންފުނިން އެމެރިކާއާ އެކު އެއްވެސް ވިޔަފާރިއެއް ހިންގުން މަނާކޮށްފަ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ކޮމްޕެއޯ ވިދާޅުވެފައި ވަނީ ޗައިނާ އިން ވީގޫރް މުސްލިމުންނާ މެދު ކަންތައްކުރާ ގޮތް އެއީ "ގަރުނުގެ ލައްގަނޑެއް" ކަމަށެވެ.
އެމެރިކާ އިން ކުރިން ވެސް ވަނީ ޗައިނާގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކުރި އެއް ފަރާތަކީ ކޮމިއުނިސްޓް ޕާޓީގެ ރީޖަނަލް ވެރިޔާ ޗެން ގުއާންގުއޯ އެވެ. ކޮމިއުނިސްޓް ޕާޓީގެ ބާރުގަދަ ޕޮލިޓްބިއުރޯގައި ވެސް ހިމެނޭ ޗެން އަކީ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ޗައިނާގެ އެންމެ އިސް އޮފިޝަލެވެ. ފިޔަވަޅު އެޅި އެހެން އޮފިޝަލުންގެ ތެރޭގައި ޝިންޖިއާން ޕަބްލިކް ސެކިއުރިޓީ ބިއުރޯގެ ޑިރެކްޓަރު ޒޫ ހައިލުން އާއި ޝިންޖިއާންގެ ސީނިއާ ޕާޓީ މެންބަރު ހުއޯ ލިއުޖުން އެވެ. އެ މީހުންނަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލީ އެއްވެސް މުއާމަލާތެއް ހިންގުން މަނާކުރުމާއި އެމެރިކާގައިވާ އެ މީހުންގެ މުދާތައް ހިފެހެއްޓުން ހިމެނެ އެވެ.
މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަނީ ގަތުލްއާއްމެއް
ގުރްއާން ގެންގުޅޭތީ އުއިގާ މުސްލިމުން ހަރުކަށި
ތައިވާން ސަލާމަތް ކުރުމަށް ޗައިނާ އަށް ދަތިކުރަނީ
މުސްލިމް ގައިދީންނަށް ލާއިންސާނީ އަނިޔާކޮށްފައި ވެދާނެ
ޗައިނާއިން ދީނީ އިލްމުވެރިންނާއި އިމާމުން ހައްޔަރުކުރަނީ
ވީގޫރު މުސްލިމުންނަށް އަނިޔާވެރިއެއް ނުވަން: ޗައިނާ
ޗައިނާގެ މުސްލިމް ކޭމްޕްތަކުގައި ރޭޕް ކުރުމުގެ ޝަކުވާ
ވީގޫރް މޮޑެލް ހައްޔަރު ކުރުން ޗައިނާ އިން ދިފާއުކޮށްފި
ޗައިނާގެ ޖަލަކުން ވީގޫރް މީހަކު ކުރި ވީޑިއޯއެއް ނެރެފި
ޓިކްޓޮކް އެކައުންޓް ބްލޮކްކޮށްފައި މާފަށް އެދެފި