Roadha Mihaaru
މިއަދު ވެސް އުދަ އަރާނެ ކަމަށް ބެލެވޭ: މެޓް

މިއަދު ވެސް އުދަ އަރާނެ ކަމަށް ބެލެވޭ: މެޓް

23 ޖުލައި 2020

ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު އެލާޓް ނެރެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު އެލާޓް ނެރެފި އެވެ.

މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ހއ. އާއި ރ. އަތޮޅާ ދެމެދަށާއި ގއ. އިން ފެށިގެން އައްޑޫއާ ހަމަ އަށް ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެލާޓްގެ ވަގުތު ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށާއި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއް

އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކުރަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކަނޑު ގަދަވާނެ ކަމަށް ބެލެވޭތީ އާއި ރާޅުގައި ތިން ފޫޓާއި ހަ ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް ބެލެވޭތީ އެވެ. އެހެންވެ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވާން ވަނީ އެދިފަ އެވެ.

މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް އިއްޔެ ވެސް މެޓް އޮފީހުން ހުދު އެލާޓު ނެރުނެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު އަންނަނީ އުދަ އަރައި ގެއްލުން ވަމުންނެވެ.