Roadha Mihaaru
މެދު ރާއްޖެއަށާއި ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފާނެ

މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފާނެ ކަމުގެ އިންޒާރު ދީފި

21 އެޕްރީލް 2019

މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ދީފި އެވެ.

ޓްވިޓާ މެދުވެރިކޮށް އެތަނުން ބުނެފައި ވަނީ މިއަދު މެންދުރު 1:00 އިން ހަވީރު 4:30 އާ ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ކަނޑުގެ ބާނިތައް ބޮޑުވެ އެ އަތޮޅުތަކަށް އުދަ އަރާފާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.

މޫސުމާ ބެހޭ އިދާރާއިން މިއަދު ކުރި ޓްވީޓެއް.

މީގެ އިތުރުން ހއ. އަތޮޅު ފިޔަވާ މުޅި ރާއްޖެއަށް މެޓުން ވަނީ، މިއަދު ހަޔަކާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އޭގެ ތެރެއިން ހދ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އަދި ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފަކޮށްފައިވެ އެވެ.

މެޓުން ބުނީ އެ ހިސާބުތަކަށް ވިލާގަނޑުގައަި 40 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.

ހޫނު ގަދަ ދުވަސްތަކަކަށް ފަހު މުޅި ރާއްޖެއަށް މިހާރު ދަނީ ވިއްސާރަކުރަމުންނެވެ. ބައެއް ރަށްރަށުގައި ފެން ވެސް ބޮޑުވި އެވެ.