25 ޖުލައި 2020
ޓައިވާނުގައި ދޮވެ އިސްތިރިކޮށްދިނުމުގެ ހިދުމަތް ދޭ ދެމަފިރިއަކު، ކަސްޓަމަރުން ނުގެންގޮސް ހުރި އަންނައުނު ލައިގެން މޮޑެލްކޮށް ފޮޓޯ ނަގައި، އިސްޓަގްރާމްގައި ޕޯސްޓްކުރަން ފެށުމާ އެކު ބޮޑު މަޝްހޫރުކަމެއް ލިބިއްޖެ އެވެ.
ޓައިވާނުގައި ދޮވެ އިސްތިރިކޮށްދިނުމުގެ ހިދުމަތް ދޭ ދެމަފިރިއަކު، ކަސްޓަމަރުން ނުގެންގޮސް ހުރި އަންނައުނު ލައިގެން މޮޑެލްކޮށް ފޮޓޯ ނަގައި، އިސްޓަގްރާމްގައި ޕޯސްޓްކުރަން ފެށުމާ އެކު ބޮޑު މަޝްހޫރުކަމެއް ލިބިއްޖެ އެވެ.
އުމުރުން 84 އަހަރުގެ ޗަންގް ޝޯ-އާ އާއި ފިރިމީހާ ވެން ޖީ، 83، އަށް އިންސްޓަގްރާމް އެކައުންޓެއް ހަދައިދިނީ އެ މީހުންގެ ކާފަ/މާމަ ދަރިއެކެވެ. "ވޯންޓްޝޯއޭސްޔަންގް" ގެ ނަމުގައި ހުޅުވި އެކައުންޓްގައި މިހާރު ދެމަފިރިން މޮޑެލްކޮށް ނަގާފައިވާ އެތައް ފޮޓޯއެއް ޕޯސްޓްކޮށްފައިވެ އެވެ. މިއާ އެކު އާންމުންގެ ސަމާލުކަން ލިބި ދެމަފިރިން މިހާރު ވަނީ "އިންސްޓަގްރާމް ސެލެބްރިޓީންނަށް" ވެފަ އެވެ.
ޗަންގް އާއި ޖީ ފޮލޯކުރާ މީހުންގެ އަދަދު މިހާރު 144،000 އަށް ވުރެ ގިނަ އެވެ.
މި ދެމަފިރިންނަކީ ޓައިވާނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޓައިޗުންގައި ދިރިއުޅޭ ދެ މީހުންނެވެ. އެ މީހުން ދޮވެ އިސްތިރިކޮށް ދިނުމުގެ ހިދުމަތްދޭތާ މިހާރު 70 އަހަރުވެއްޖެ އެވެ.
އިންސްޓަގްރާމްގައި ލިބުނު މަޝްހޫރުކަމާ ބެހޭ ގޮތުން ޖީ ބުނީ އެ މީހުން "ދުނިޔެ އަށް ދައްކައިލި" ކާފަ ދަރިއަށްޓަކައި މިހާރު އުފާވާ ކަމަށެވެ.
"އިންސްޓަގްރާމަށް ފޮޓޯލާން ފެށި އިރު އަހަރެމެން ތިބީ މީހުން މިކަމާ ދޭތެރޭ ދެކޭނެ ގޮތެއް ނޭނގޭތީ ވަރަށް ހާސްވެފައި. ކުރިން ހީކުރީ މީހަކު މި ނުވެސް ބަލާނެ ކަމަށް. އެކަމަކު ހީކުރި ގޮތާ ހިލާފަށް ގިނަ ބައެއްގެ ސަމާލުކަން ލިބި މިކަމަށް ސަޕޯޓްކޮށް ހިތްވަރުދޭން ފެށީމަ ވަރަށް އުފާވި." ޖީ ބުންޏެވެ.
ކާފަ އާއި މާމަ މަޝްހޫރުކޮށްލަދިން 31 އަހަރު ރީފް ޗަންގް ބުނިގޮތުގައި އެ ދެ މީހުންނަކީ އާއިލާއަށްޓަކައި ގުރުބާންވި އަދި މުޖުތަމައަށް ވަރަށް ބޭނުންތެރި ހިދުމަތެއް ދޭ ބައެކެވެ. އެހެންވެ އެ މީހުންގެ ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ވެސް ތަންކޮޅެއް މަޖާ އަދި އަޅައިގަންނަ ކަހަލަ ކަމެއް ކުރަން ބޭނުންވީ ކަމަށް ބުންޏެވެ.
"އެހެންވެ އައި ހިޔާލެއް، ކަސްޓަމަރުން ނުގެންގޮސް ހުރި އަންނައުނާއި ތޮއްޕާއި ސްކާފާއި އެ ނޫން ވެސް އެ ބާވަތުގެ ތަކެތި ބޭނުންކޮށްގެން ކާފަ އާއި މާމަ ލައްވައި މޮޑެލްކުރުވާފައި އެންމެންނަށް ދައްކައިލުމަކީ،" ރީފް ބުންޏެވެ. "މިކަމުން އަހަރެން އެ މީހުންނަށް އަންގައި ދޭން ބޭނުންވި އަނެއް ކަމަކީ ވަކި ކަމެއް ކުރާކަށް ވަކި އުމުރެއް ވެސް ނެތްކަން."
އޭނާ ކިޔައިދިން ގޮތުގައި ކާފަ އަކީ އަބަދު ވެސް ސޫޓްލާން ލޯބިކުރި މީހެކެވެ. އެކަމަކު މަސައްކަތުގައި އަބަދު ބިޒީކޮށް އުޅެން ޖެހުމުން ނަލަހެދިލާނެ މާ ގިނަ ފުރުސަތުތަކެއް ލިބިފައި ނެތް ކަމަށް ބުންޏެވެ.
"އެކަމަކު މޮޑެލްކުރަން ހަދައިގެން މިހާރު އެ ދެ މީހުންނަށް ވެސް ނުލެވޭ އެއްޗެއް ނެތް." ރީފް ބުންޏެވެ.
ޗަންގް ބުނިގޮތުގައި އޭނާ ޒުވާން ދުވަސްވަރު މާމަ އަކީ ވެސް ވަރަށް ފެޝަންކޮށް އުޅުނު މީހެކެވެ.
"އޭރުގެ އެންމެ މަޝްހޫރު އަންހެން ތަރިންނާ އެއްގޮތަށް ހެދުން އެޅި މީހެއް މާމަ އަކީ. އެ ހަނދާންތައް އަދިވެސް ވަރަށް އާ. އޭރު ދެ އަލަމާރި ފުރާ މާމަގެ އެކި ސްޓައިލްގެ ހެދުންތައް އޮންނާނެ،" އޭނާ ބުންޏެވެ. "މިހާރު އަހަރެން މިގޮތަށް ފާޑުފާޑުގެ އެއްޗެހި ލައިގެން ފޮޓޯ ނެގީމަ މާމަ މަތިން ހަނދާން ވަނީ."
މަރުވުމުގެ ކުރިން ބޭނުންވި ޓެޓޫ ޖެހީ 103 އަހަރުގައި
"އިންސްޓަގްރާމް މޫނު" ނުރައްކާވެއްޖެ
ގުޅޭ ގޮތަށް ހެދުން އަޅާތާ 37 އަހަރު
އިންސްޓަގްރާމް ފޮޓޯތައް ފުރިހަމަކޮށްލަން ހިނގާ
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
އުފާވެރި ފޮޓޯގަނޑެއް، އެކަމަކު ހާލު ކިހިނެއް؟
ފަރުވާ ހޯދަމުން ހީނާ އަރާމުކޮށްލަން ސިޔާމް ވޯލްޑަށް
ޗައިނާގެ 153 މަތިންދާބޯޓު ޓައިވާން ކައިރިން ދިޔަ
އިންޒާރަށް ފަހު ޗައިނާ ސިފައިން ޓައިވާން ވަށާލައިފި
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ