ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގައި ސައްހަ މައުލޫމާތު ނުދޭކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ވެސް ކަންބޮޑުވުންފާޅުކޮށްފި އެވެ.
26 ޖުލައި 2020
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގައި ސައްހަ މައުލޫމާތު ނުދޭކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ވެސް ކަންބޮޑުވުންފާޅުކޮށްފި އެވެ.
ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ މި ދަނޑިވަޅުގައި، ކޮންޓެކްޓް ޓްރޭސިންގައި ސައްހަ މައުލޫމާތު ނުދޭ ކަމަށް އެޗްއީއޯސީން ބުނިއިރު މީގެ ކުރިން ވެސް މި މައްސަލަ ފާހަގަކޮށް، އެކަން ނުކުރަން އެތަނުން ވަނީ އެދިފަ އެވެ. ކޮންޓެކްޓް ޓްރޭސިންގައި ދެނެގަންނަނީ ބައްޔަށް ޕޮޒިޓިވްވި މީހުންނާ ގާތުން ބައްދަލުވި މީހުންނެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގައި ސައްހަ މައުލޫމާތު ނުދޭކަން އަނެއްކާވެސް ފާހަގަ ކުރެވެމުންދާ ކަމަށާއި އެ މައުލޫމާތު ހޯދަނީ ވަކި މީހަކު އުޅުނު ގޮތް ހޯދުމަށް ނޫން ކަމަށާއި ހަމައެކަނި ބޭނުމަކީ ބަލި ފެތުރުނަ ނުދިނުން ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެހެންވެ، ސައްހަ މައުލޫމާތު ދޭން އޭނާ އެދިވަޑައިގަތެވެ.
"ފާހަގަ ކުރެވޭ އެންމެ ރަނގަޅު މައުލޫމާތު ނުދެއްވާ ކަން. ބައެއް ފަހަރު އަޅުގަނޑުމެންނަށް ނުވެސް އިނގޭނެ ރަނގަޅު މައުލޫމާތު ނުދެއްވާކަން ވެސް. އެކަމަކު ފަހުން އިތުރު ޕޮޒިޓިވް ކޭސެސް އައިމަ ދެން ބަލާލާއިރު މި އިނގެނީ ކުރީގެ ޕޮޒިޓިވްވި ކޭސްއާ ކޮންމެވެސް ވަރަކަށް ލިންކްވާ ފަރާތެއް ކަން." ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި ގޭގައި ކަރަންޓީވެގެން ތިބޭ މީހުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ޓެސްޓް ހެދުމަށްޓަކައި ސާމްޕަލް ނަގަން ގޭގެއަށް ދިއުން މާދަމާއިން ފެށިގެން ހުއްޓާލާނެ އެވެ. އެހެންވެ، އެފަދަ މީހުން ސާމްޕަލް ދިނުމަށްޓަކައި އަންނަން ޖެހޭނީ މާފަންނު މަދަރުސާގައި ގާއިމްކުރާ މަރުކަޒަށެވެ. އަދި ސާމްޕަލް ނެގުމަށް ދާން ޖެހުމުން އެ މީހަކަށް އެކަން އަންގާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"ރިލީޒް ސާމްޕަލް ނެގުމަށް ގުޅާނެ ހެނދުނު 9 އަކާއި ރޭގަނޑު 9 އަކާ ދޭތެރޭގައި މާފަންނު މަދަރުސާއަށް ވަޑައިގަތީމަ ސާމްޕަލް ނެގުމުގެ ކަންތައް ހަމަޖެހޭނެ. މިހެން ވަޑައިގަންނަވާއިރު ވަރަށް މުހިންމު ކަމެއް ޓެކްސީ ނުވަތަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރެއްވުން. ހިނގާފައި ނުވަތަ ސައިކަލުގައި ވަޑައިގަންނަވަން ވާނީ." ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ތަނެއް ހުޅުމާލޭގައި ވެސް ވަރަށް އަވަހަށް ގާއިމް ކުރާނެ ކަމަށެވެ. އަދި ސާމްޕަލް ދޭން އެތަނަށް އަޔަސް، ނަތީޖާ ލިބެންދެން ގޭގައި މަޑުކުރަން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި މިވަގުތު 63 މީހަކު އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކު ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދޭއިރު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 62 މީހުންނަށް ފަރުވާ ދެމުން ދާއިރު، އޭގެ ތެރެއިން އެކަކު ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 3،300 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، އޭގެ ތެރެއިން 2،500 އަށް ވުރެ ގިނަ މީހުން މިިހާރު ވަނީ ފަރުވާއަށް ފަހު ރަނގަޅުވެފަ އެވެ. މިހާތަނަށް 738 މީހަކަށް ފަރުވާ ދެމުންދާއިރު، އެ ބަލީގައި ރާއްޖެއިން މަރުވީ 15 މީހެކެވެ.
ވެކްސިނުން ބޮޑު ސައިޑްއިފެކްޓެއް އަދި ނެތް: އެޗުޕީއޭ
ހާލަތު ރަނގަޅުވެ، އައިސީޔޫ ހުސްވެއްޖެ
ނުގެންދެވި ތިބި ގިނަ މީހުންނަކީ ދާން ދެކޮޅުހެދި މީހުން
މާސްކް ނާޅަައި އުޅުމުން 73 މީހަކު ޖޫރިމަނާކޮށްފި
ކޮވިޑް-19: އައިޖީއެމްއެޗުގެ ކްލަސްޓާ ބޮޑުވަނީ
ކޮވިޑް-19 އަށް މިއަދު 2،600 މީހުން ޕޮޒިޓިވް
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
އޮމިކްރޯންގެ ރާޅު އެތައް ގުނައެއް ހަލުއިވެދާނެ
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ