Roadha Mihaaru
ރޭގެ މުޒާހަރާ ވެސް ހޫނުވެ ދެ މީހަކު ހައްޔަރުކޮށްފި

ރޭގެ މުޒާހަރާ ވެސް ހޫނުވެ ދެ މީހަކު ހައްޔަރުކޮށްފި

29 ޖުލައި 2020

އިދިކޮޅު، ޕީޕީއެމް/ޕީއެންސީން ރޭ ވެސް މާލޭގައި ބޭއްވި މުޒާހަރާ ހޫނުވެ، ފުލުހުންނާ ކުރިމަތިލުން ހިންގުމުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު، ޕީޕީއެމް/ޕީއެންސީން ރޭ ވެސް މާލޭގައި ބޭއްވި މުޒާހަރާ ހޫނުވެ، ފުލުހުންނާ ކުރިމަތިލުން ހިންގުމުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ރޭގެ 8:15 ހާއިރު މުޒާހަރާ ފެށީ 100 އެއްހާ މީހުންނާ އެކު މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތިންނެވެ. އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުން އިސްކޮށް ތިބި އެ މުޒާހަރާ އެ ސަރަހައްދުގައި ކުރިއަށް ގެންދާތާ 45 ވަރަކަށް މިނެޓް ފަހުން ފުލުހުން ވަނީ އެއްވުމުގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކޮށްފަ އެވެ. އެކަން ފުލުހުން ކުރަން ފެށުމުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގި އެވެ. އެ ކުރިމަތިލުމުގެ ތެރެއިން ފުލުހުން ވަނީ މުޒާހަރާގައި އިސްކޮށް ހުރި ފިރިހެނަކު ހައްޔަރު ކޮށްފަ އެވެ.

އެ ސަރަހައްދަށް އެއްވެ ތިބި މީހުން ފަހަތަށް ޖެއްސުމުން ދެން އެމީހުން ގޮސް އިށީނދެ ތިބީ މަޖީދީ މަގާއި މާވެޔޮ މަގު ގުޅޭ ކަންމަތީގަ އެވެ. އެ ތަނުގައި އިރުކޮޅަކު ތިބުމަށް ފަހު މާވެޔޮ މަގުން ކުރިއަށް ގޮސް އެކި މަގުތަކުގައި ހިނގީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށާއި ސަރުކާރަށް ފާޑު ކިޔަމުން އެކި މަގުތަކުގައި ހިނގުމަށް ފަހު، މަޖީދީ މަގަށް ނުކުތުމަށް އުޅުމުން ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ. ނަމަވެސް އަލިކިލެގެފާނު މަގުން މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ސަފު ފޫއަޅުވާލުމަށް ފަހު މަޖީދީމަގަށް ނުކުމެފަ އެވެ.

މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ކުރިއަށް ދަނީ: މުޒާހަރާއިން ދެ މީހަކު ހައްޔަރު ކުރި-- މިހާރު ފޮޓޯ: އަހުމަދު އަވްޝަން

މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ކުރިއަށް ދަނީ: މުޒާހަރާއިން ދެ މީހަކު ހައްޔަރު ކުރި-- މިހާރު ފޮޓޯ: އަހުމަދު އަވްޝަން

މަޖީދީ މަގުން ކުރިއަށް ގޮސް ދެން މުޒާހަރާގެ ބައިވެރިން އިށީނީ ސޯސަން މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގަ އެވެ. އެ ތަނުން މުޒާހަރާގެ ބައިވެރިން ފޮނުވާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އެ ސަރަހައްދުން ފުލުހުން ވަނީ މުޒާހަރާގައި އިސްކޮށް ހުރި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް ހައްޔަރުކޮށްފަ އެވެ.

ސޯސަން މަގު ކަންމައްޗަށް އެއްވެ ތިބި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުން މަޖީދީ މަގުން ކުރިއަށް ގޮސް 11:00 ޖަހާކަންހާއިރު މުޒާހަރާ ނިންމާލީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ.

މުޒާހަރާ ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މުޒާހަރާ މި އޮތީ ރަސްމީކޮށް ފެށިފައި ކަމަށާއި މިރޭ ވެސް މާލޭގައި މުޒާހަރާ ކުރާނެ ކަމަށެވެ.

Evvunthah nubeyvumashaai mask naalhai noolhen fuluhun angaifi

Evvunthah nubeyvumashaai mask naalhai noolhen fuluhun angaifi

The most trusted news source in the Maldives

Mihaaru

އެއްވުންތައް ނުބާއްވަން ފުލުހުން އެންގުން

ފުލުހުންނަށް ތައުރީފް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ނަގާލައި ރައްޔިތުން ބަނޑަށް ޖައްސުވާ ކަމަށާއި އެކަންކަން ހައްލު ކޮށްދެނީ ސިފައިންނާއި ފުލުހުން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކުއްލި ގޮތަކަށް މުޒާހަރާ ކުރަން ފެށީ މިދިޔަ އާދިއްތަ ދުވަހުގެ ރެ އެވެ. އެ ރޭ ވެސް މުޒާހަރާ ހޫނުވެ ދެ މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ އެ ދެ މީހުން ދޫކޮށްލި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެއްވެ އުޅުން މަނާކޮށްފައިވަނިކޮށް އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތަކުގައި އެއްވުމުގެ ބައިވެރިން މާސްކް އަޅައިގެން ތިއްބަސް އެއްވެސް ވަރަކަށް ގައިދުރު ކަމެއް ނުބަހައްޓަ އެވެ. އަދި ފުލުހުންނާ ކުރިމަތިލުން ހިނގާއިރު ބޮނޑިވެގެން އެއްވެ އުޅެ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު ފުލުހުން މިރޭ ވެސް ވަނީ އެއްވުންތައް ނުބޭއްވުމަށް އަންގައިފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 137 މީހުން ޕޮޒިޓިވްވެފަ އެވެ.