Roadha Mihaaru
މުޒާހަރާކުރި މައްސަލައިގައި އަދުރޭއަށް ތިން ތުހުމަތެއް

މުޒާހަރާކުރި މައްސަލާގައި އަބްދުއްރަހީމްގެ މައްޗަށް ތިން ތުހުމަތެއް، ދަތުރުފަތުރަށް ހުރަސް އެޅުން ހިމެނޭ

07 ފެބުރުއަރީ 2021

އިދިކޮޅު ކޯލިޝަނުން ދާދި ފަހުން މާލޭގެ ދަރުބާރުގެ ކައިރީގައި ކުރި މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ތިން ތުހުމަތެއް ފުލުހުން ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިދިކޮޅު ކޯލިޝަނުން ދާދި ފަހުން މާލޭގެ ދަރުބާރުގެ ކައިރީގައި ކުރި މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ތިން ތުހުމަތެއް ފުލުހުން ކޮށްފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން އަބްދުއްރަހީމް ހައްޔަރުކޮށް، ކޯޓަށް ގެންދިޔަޔަސް ކޯޓުން ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލައިފަ އެވެ. އެ މައްސަލައިގައި އަބްދުއްރަހީމްގެ ބަޔާން ނަގަން މިއަދު ފުލުހަށް ހާޒިރުކުރި އެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ އޭނާގެ މައްޗަށް ފުލުހުން ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތާއި ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ތުހުމަތުގެ އިތުރުން އާންމު ދަތުރުފަތުރަށް ހުރަސް އެޅޭ ގޮތަށް މަގުމަތީގައި އިށީނދެ ތިބެގެން މުޒާހަރާ ކުރުމުގެ ތުހުމަތު ކަމަށެވެ. އެކަމަކު، އެއީ ހަގީގަތާ ޚިލާފު ތުހުމަތުތަކެއް ކަމަށާއި ދަރުބާރުގެ ކައިރީގައި މުޒާހަރާ ނުކުރެވޭނެ ކަމަށް އޭރު ފުލުހުން ބުނެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ނެގުމުގެ ކުރިން [ހައްޔަރު ކުރުން] ގާނޫނީ އިންޒާރެއް ނުދޭ. އެ ދުވަހު އެ ތަނަށް އެއްވެ ތިބި ތިބުމުގައި އެ ތަނުން ދުރަށް ދާކަށް ފުލުހުން އެއްވެސް ވަސީލަތެއް ބޭނުން ކޮށްގެން ގޮވައެއް ނުލާ. ހަމަ ކުއްލިއަކަށް ނަގައިގެން ގެންދިޔައީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތުހުމަތުތައް ކުރީ މި ސަރުކާރު ފެއިލް ވެފައި ވާތީ ކަމަށާއި ކޮވިޑް-19 ގެ ހާލަތު ނެތް ނަމަ، މި ސަރުކާރު މިހާރު އިސްތިއުފާ ދީފައިވާނެ ކަމަށެވެ. އިދިކޮޅުން މަގުތަކަށް ނުކުންނަނީ އިންސާފު ހޯދައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ކަމަށާއި ސަރުކާރުން ބިރު ގަންނަނީ އެކަމާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.