Roadha Mihaaru
64 ހެލްތު ވޯކަރެއް، 67 ފުލުހަކު ކޮވިޑަށް ޕޮޒިޓިވް

64 ސިއްހީ ޚިދުމަތްތެރިއަކު، 67 ފުލުހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވޭ

02 އޯގަސްޓް 2020

ކޮވިޑް-19 އަށް 64 ސިއްހީ ޚިދުމަތްތެރިއަކު އަދި 67 ފުލުހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އަށް 64 ސިއްހީ ޚިދުމަތްތެރިއަކު އަދި 67 ފުލުހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހެލްތު ކެއާ ވޯކަރުންގެ ތެރެއިން 37 މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހު ކަމަށެވެ.

ސިއްހީ ޚިދުމަތްތެރިންގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންނާއި ރޭޑިއޯގްރާފަރުން އަދި ސާފުކުރުމުގެ މަސައްކަތްކުރާ މީހުން ވެސް ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި، ކޮވިޑް-19 ގެ ބަލި މީހުންނަށް ހުޅުމާލޭގައި ފަރުވާ ދެމުން އަންނަ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރާ ޑޮކްޓަރުންތަކެއް ވެސް މި ފަހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ނޫސްވެރިންނާ އޮންލައިންކޮށް ވާހަކަ ދައްކަވަނީ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ނޫސްވެރިންނާ އޮންލައިންކޮށް ވާހަކަ ދައްކަވަނީ.

ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް 67 ފުލުހަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިދިޔަ މަހު އެކަނި ވެސް 21 ފުލުހަކު އަލަށް ޕޮޒިޓިވްވި އެވެ. އަދި އިއްޔެ ވެސް އިތުރު ހަ ފުލުހަކަށް އެ ބަލި އަލަށް ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް 15 ގައި މާލެއިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުމާއެކު އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފެށުމުން، އެ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވެ އެވެ. ހާއްސަގޮތެއްގައި ކޮވިޑް ޖެހޭ ދިވެހިންގެ އަދަދު ވަނީ ރެކޯޑު އަދަދަކަށް މައްޗަށް ޖެހިފަ އެވެ.

އެޗްޕީއޭއިން ރޭ ބުނީ، މިދިޔަ ހުކުރު ދުވަހުގެ ހަވީރު 6 ން އިއްޔެ ހަވީރު 6 އާ ހަމައަށް އިތުރު 154 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 134 ދިވެހިން ހިމެނެ އެވެ. މިއީ، އެއް ދުވަހުގެ ތެރޭގައި ރެކޯޑު އަދަދަކަށް ދިވެހިން ޕޮޒިޓިވްވި ދުވަހެވެ.