06 އޯގަސްޓް 2020
ބޭރޫތު (އޮގަސްޓް 6) - ބޭރޫތުގެ ކެމިކަލް ގުދަންތަކުގައި ބާރުގަދަ ގޮވުންތަކެއް ގޮވި ހާދިސާގެ ތަހުގީގު ފަށާފައިވާ އިރު ބޭރޫތުގެ ބަނދަރުގެ ގިނަ އަދަދެއްގެ އޮފިޝަލުން ގޭ ބަންދުކޮށްފި އެވެ.
ބޭރޫތު (އޮގަސްޓް 6) - ބޭރޫތުގެ ކެމިކަލް ގުދަންތަކުގައި ބާރުގަދަ ގޮވުންތަކެއް ގޮވި ހާދިސާގެ ތަހުގީގު ފަށާފައިވާ އިރު ބޭރޫތުގެ ބަނދަރުގެ ގިނަ އަދަދެއްގެ އޮފިޝަލުން ގޭ ބަންދުކޮށްފި އެވެ.
ބަނދަރުގެ އޮފިޝަލުން ހައްޔަރު ކުރަމުން ދަނީ ތަހުގީގު ކޮމިޓީގެ ލަފާގެ މަތިންނެވެ. ހައްޔަރު ކުރަމުން ދަނީ ގުދަނުގައި ކެމިކަލް ރައްކާކުރި މީހުންނާއި އެ ގުދަން ބެލެހެއްޓުމުގައި އުޅުނު މީހުންނެވެ.
ގުދަން ގޮވި ހާދިސާއާ ގުޅިގެން 135 މީހުން މަރުވެ 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ލުބުނާނުގައި މިހާރު ވަނީ ދެ ހަފުތާ އަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ގޮވާފައި ވަނީ ރައްކާތެރި ނޫން ގޮތުގައި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ގުދަނެކެވެ.
ލުބުނާނުގެ ކަސްޓަމްސްގެ ވެރިޔާ ބަދުރީ ދާހިރު ވިދާޅުވީ ގުދަނުން ކެމިކަލް ހުސްކުރަން އެންގި ނަމަވެސް އެކަން ކޮށްފައި ނުވާ ކަމަށެވެ. ގުދަނުގައި ކެމިކަލް ހުންނަތާ ހަ އަހަރުވެފައިވާ ކަމަށްވެ އެވެ. އެއީ 2013 ވަނަ އަހަރު ހިފެހެއްޓި ބޯޓަކުން ހުސްކޮށްފައިވާ ކެމިކަލެވެ. އެއީ މޯލްޑޮވާގެ ދިދަ ނަގާފައިވާ ބޯޓަކުން ހިފެހެއްޓި ކެމިކަލް އެވެ. އެއީ ޖޯޖިއާ އިން މޮޒަމްބީކަށް ދަތުރު ކުރަނިކޮށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ބޭރޫތުގައި ބަނދަރުކުރި ބޯޓެކެވެ.
ލުބުނާނުގެ ސުޕްރީމް ޑިފެންސް ކައުންސިލުން ބުނީ ކެމިކަލް ގުދަން ގޮވި ހާދިސާގައި ޒިންމާ އުފުލަން ޖެހޭ މީހުންނަށް ދެވޭނެ އެންމެ ބޮޑު އަދަބު ދޭނެ ކަމަށެވެ.
ބޭރޫތުގެ ބާރުގަދަ ގޮވުމާއެކު 140 ފޫޓު ފުން ވަޅެއް
"ކެމިކަލް ގުދަން ގޮއްވާލީ ބޮމަކުން ކަމަށް ވެދާނެ"
ބޭރޫތުގެ ގުދަނެއްގައި ކެމިކަލް ރައްކާކުރަން ޖެހުނު ގޮތް
ބޭރޫތުގެ ގޮވުން: މީހުންތައް ދިޔައީ "އުދުހެމުން"
ދިވެހިންގެ ދުއާ މިއަދު ލުބުނާނާ އެކު
ބާރުގަދަ ގޮވުންތަކަކުން ބޭރޫތު ގުޑުވާލައިފި
ލުބްނާން ސިޔާސީ ހުސް ކަމެއްގެ ތެރެއަށް
ލުބުނާން އޮތީ ވަރަށް ބޮޑު ކާރިސާއެއްގައި
ލުބުނާން އޮތީ އިޖްތިމާއީ ކާރިސާއެއްގެ ތުންފަތް މަތީގައި
ބޭރޫތުގެ ގޮވުން: ދިރިހުރި މީހަކު ފެނުމުގެ އުއްމީދުކުޑަ