Roadha Mihaaru
ބޭރޫތުގެ ގޮވުން: ދިރިހުރި މީހަކު ފެނުމުގެ އުއްމީދުކުޑަ

ބޭރޫތުގެ ގޮވުން: ދިރިހުރި މީހަކު ފެނުމުގެ އުއްމީދު ކުޑަ

05 ސެޕްޓެމްބަރ 2020

ބޭރޫތު (ސެޕްޓެމްބަރު 5) - މީގެ މަހެއްހާ ދުވަސްކުރިން ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ކެމިކަލް ގުދަނެއް ގޮވައިގެން ވެއްޓުނު އިމާރާތްތަކުގެ ދަށުން ދިރިހުރި މީހަކު ހޯދުމުގެ މަސައްކަތް އެންމެ ފަހުން ފެށިތާ ދެ ދުވަސް ފަހުން، އިތުރު މީހަކު ފެނިދާނެކަމުގެ އުއްމީދު ކުޑަ ކަމަށް ރެސްކިއު ޓީމުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭރޫތު (ސެޕްޓެމްބަރު 5) - މީގެ މަހެއްހާ ދުވަސްކުރިން ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ކެމިކަލް ގުދަނެއް ގޮވައިގެން ވެއްޓުނު އިމާރާތްތަކުގެ ދަށުން ދިރިހުރި މީހަކު ހޯދުމުގެ މަސައްކަތް އެންމެ ފަހުން ފެށިތާ ދެ ދުވަސް ފަހުން، އިތުރު މީހަކު ފެނިދާނެކަމުގެ އުއްމީދު ކުޑަ ކަމަށް ރެސްކިއު ޓީމުން ބުނެފި އެވެ.

އިމާރާތްތަކުން ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ދިރިހުރި މީހަކު އޮވެދާނެކަމުގެ އުއްމީދެއް ލިބިފައި ވަނީ ޗިލީގެ ރެސްކިއު ޓީމަށް ފާހަގަވި ކަންކަމާ ގުޅިގެންނެވެ. ވެއްޓިފައިވާ އިމާރާތުގެ ކައިރިން ރެސްކިއު ޓީމު ބުދަ ދުވަހުގެ ރޭ ހުރަސްކުރުމާ އެކު އެ މީހުން ގެންގުޅޭ ކުއްތާ ވަނީ އިމާރާތުގެ ދަށުގައި ދިރިހުރި މީހަކު އޮތްކަމުގެ ސިގްނަލް ދީފަ އެވެ. އަދި ވެއްޓިފައިވާ ބައިތަކުގެ ދަށުން ހިތެއްގެ ތެޅުމުގެ އަޑު އިވޭކަމުގެ ރިޕޯޓްތައް ލިބުމާ އެކު ޚާއްސަ އާލާތްތައް ބޭނުންކޮށްގެން ވަނީ ރެސްކިއު އޮޕަރޭޝަން ފުޅާކޮށްފަ އެވެ. ރެސްކިއު ޓީމުން ބުނަނީ އިމާރާތްތަކުގެ ދަށުގައި މީހަކު ދިރިއޮތްކަމުގެ މައުލޫމާތެއް ދޭން އެނގޭނީ އޮޕަރޭޝަން ނިމުމުން ކަމަށެވެ. ދެ ވަނަ ދުވަހުގެ މަސައްކަތް އިއްޔެ ނިންމާލީ ވެސް އެއްވެސް އުއްމީދަކާ ހަމައަށް ވާސިލް ނުވެ އެވެ.

ބޭރޫތުން ވެއްޓިފައިވާ އިމާރާތެއްގެ ބައިތައް ކްރޭނަކުން ނަގާއިރު ލުބުނާނާއި ޗިލީގެ ރެސްކިއު ޓީމުތައް ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ބޭރޫތުން ވެއްޓިފައިވާ އިމާރާތެއްގެ ބައިތައް ކްރޭނަކުން ނަގާއިރު ލުބުނާނާއި ޗިލީގެ ރެސްކިއު ޓީމުތައް ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ރެސްކިއު ކޯޑިނޭޓަރު ނިކޮލަސް ސާދު ހުކުރު ދުވަހު ވިދާޅުވީ ވެއްޓިފައިވާ ބައިތަކުގެ ދަށުން އިވުނު ވިންދުގެ އަޑު ލަސްވަމުންދާ ކަމަށެވެ.

"ވިންދު ޖަހާ ރޭޓް ވަނީ މިނިޓަކު ހަތް ފަހަރަށް ދަށްވެފައި. އެއް ދުވަސްކުރިން އެ ރޭޓް ހުރީ 16-18 ގައި،" އޭނާ ވިދާޅުވި އެވެ.

ބައެއް ރިޕޯޓަރުން ބުނި ގޮތުގައި ހުކުރު ދުވަހު ފަހުން ހެދި ޓެސްޓަކުން ދެއްކި ގޮތުގައި މީހެއްގެ އެއްވެސް ހިލަމެއް ނުވެ އެވެ.

ޗިލީގެ ރެސްކިއު ޓީމުގެ ވެރިޔާ ފްރޭންސިސްކޯ ލާމަންޑާ ވިދާޅުވީ ވިންދުގެ ސިގްނަލް ލިބުނު ކަމަށް ބުނާ ސަރަހައްދަށް ވާސިލްވުމަށް ތިން ޓަނަލެއް ހަދަމުންދާ ކަމަށެވެ.

ޗިލީގެ ރެސްކިއު ޓީމު ބޭރޫތަށް ދިޔައީ މި މަހު 1 ވަނަ ދުވަހު އެވެ. އެ މީހުން ދިޔައީ ވަރަށް ޒަމާނީ އާލާމަތްތައް ހިފައިގެންނެވެ. އޮފިޝަލުން ބުނި ގޮތުގައި އޭގެ ތެރޭން ބައެއް އާލާތްތައް ބޭނުންކޮށްގެން، 15 މީޓަރު (49 ފޫޓު) އަޑިން ވެސް ނޭވާލާ އަޑު ދެނެގަނެވޭނެ އެވެ.

ބޭރޫތުގެ ބަނދަރުގައި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ގުދަން އޮގަސްޓް 4 ގައި ގޮވުމުން 200 އަށް ވުރެ ގިނަ މީހުން މަރުވެ، ތިން ލައްކަ މީހުންގެ ގެދޮރު ގެއްލުނެވެ. ގުދަން ގޮވި ހާދިސާއާ ގުޅިގެން ރައްޔިތުންގެ ރުޅިވެރިކަން އިތުރުވެ ކުރަން ފެށި މުޒާހަރާތަކާ އެކު ލުބުނާން ސަރުކާރު ވެސް އެންމެ ފަހުން ވަނީ އިސްތިއުފާ ދޭން ޖެހިފަ އެވެ.