ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާކަން އަންގައިދޭ ސްޓިކާއެއް، ސާރިދޯޅެއްގައި ތަތްކުރި މައްސަލައަކާ ގުޅިގެން އެކަން ކުރި މީހަކު ހޯދައިދޭ މީހަކަށް 5،000 ޑޮލަރުގެ އިނާމެއް އެމެރިކާގެ ޖަމާއަތަކުން ހުށަހަޅައިފި އެވެ.
07 އޯގަސްޓް 2020
ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާކަން އަންގައިދޭ ސްޓިކާއެއް، ސާރިދޯޅެއްގައި ތަތްކުރި މައްސަލައަކާ ގުޅިގެން އެކަން ކުރި މީހަކު ހޯދައިދޭ މީހަކަށް 5،000 ޑޮލަރުގެ އިނާމެއް އެމެރިކާގެ ޖަމާއަތަކުން ހުށަހަޅައިފި އެވެ.
އެމެރިކާގެ ދިދައިގެ ކުލަތައް ހިމަނައިގެން "ޓްރަމްޕް 2020: ކީޕް އެމެރިކާ ގްރޭޓް" ލިޔެފައިވާ ޓްރަމްޕްގެ ކެމްޕޭން ސްޓިކާއެއް ސާރިދޯޅުގެ ކަރުގައި އަޅާފައިވާ ޓްރެކިން ޓެގްގައި ތަތްކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކުރި އަދި ސާރިދޯޅުގެ ހިމާޔަތަށް މަސައްކަތްކުރާ ނޯތު ކެރޮލައިނާގެ ޖަމިއްޔާ ހެލްޕް އޭޝްވިލް ބެއާޒް (އެޗްއޭބީ) އިން ބުނީ ސިޔާސީ ކަންކަމަށް ޖަނަވާރުން ބޭނުންކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޓްރަމްޕަށް ތާއީދުކުރާ ސްޓިކާއެއް ސާރިދޯޅުގައި ތަތްކުރީ ސަރުކާރުގެ އޮފިޝަލެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ މިފަދަ ކަންކަން ބަލައިނުގަނެވޭނެ ކަމާއި އެކަމަށް ޒިންމާވާ މީހާ ހޯދައި ފިޔަވަޅު ވެސް އަޅަން ޖެހޭ ކަމަށެވެ. އެހެންވެ އެކަން ކުރި މީހާ ހޯދަން އާންމުންގެ އެހީ އަށް އެދި އިނާމެއްގެ ގޮތުގައި 5،000 ޑޮލަރު (77،000ރ.) ހުށަހެޅީ އެވެ.
މިކަމާ ބެހޭ ގޮތުން އެޗްއޭބީގެ ފޭސްބުކް ޕޭޖްގައި ބުނީ މިއީ ސާރިދޯޅެއްގައި ސްޓިކާ ތަތްކުރި ދެވަނަ ފަހަރު ކަމަށެވެ. އަދި މިފަދަ ކަންކަން ކުރާ މީހުންނަކީ ހިތެއް ނެތް، އަމިއްލަ އެދުން ބޮޑު، ހައްގުތަކަށް އަރައިގަންނަ ބައެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ ޖަނަވާރުންނަކީ އިޝްތިހާރުތައް ކުރަން ހުންނަ ބިލްބޯލްޑްތައް ނޫން ކަމަށާއި އެ އެއްޗެހީގެ ހައްގުތަކަށް އެއްވެސް ބަޔަކު އަރައިގަނެ، އިހާނެތިކޮށް ކަންތައްކޮށްގެން ނުވާނެ ކަމަށެވެ.
ހީކުރި ވަރަށް ވުރެ އަވަހަށް "ޓައިގާ ކިންގް 2"
ކެންޑިޑޭޓެއްގެ ކެމްޕޭނަށް ސާރިދޯޅެއް
ދިރާސާތަކަށް މަކުނު ލިބުން ދަތިވެގެން މަކުނު އާލާކުރަނީ
ބޮޑެތި ޖޫރިމަނާތަކާއެކު، ޖަނަވާރު ރައްކާތެރިކުރާ ބިލެއް
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕް އެނބުރި ވެރިކަމަށް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟