Roadha Mihaaru
ހީކުރި ވަރަށް ވުރެ އަވަހަށް "ޓައިގާ ކިންގް 2"

ހީކުރި ވަރަށް ވުރެ އަވަހަށް "ޓައިގާ ކިންގް 2" އަންނަނީ

26 ސެޕްޓެމްބަރ 2021

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުމުގެ އިތުރަށް ބައެއް މީހުންގެ ފަރާތުން ފާޑުކިޔުންތައް ވެސް އަމާޒުވި ނެޓްފްލިިކްސްގެ ޑޮކިއުމަންޓަރީ ސީރީޒް "ޓައިގާ ކިންގް" ގެ ދެވަނަ ސީޒަން ބެލުންތެރިން ކުރިން އުންމީދުކޮށްގެން ތިބި ވަރަށް ވުރެ މާ އަވަހަށް ގެނެސްދޭން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުމުގެ އިތުރަށް ބައެއް މީހުންގެ ފަރާތުން ފާޑުކިޔުންތައް ވެސް އަމާޒުވި ނެޓްފްލިިކްސްގެ ޑޮކިއުމަންޓަރީ ސީރީޒް "ޓައިގާ ކިންގް" ގެ ދެވަނަ ސީޒަން ބެލުންތެރިން ކުރިން އުންމީދުކޮށްގެން ތިބި ވަރަށް ވުރެ މާ އަވަހަށް ގެނެސްދޭން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމުން ބުނީ "ޓައިގާ ކިންގް 2" މި އަހަރު ގެނެސްދޭން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ޓްރޫ ކްރައިމް ޖޯންރާ ޑޮކިއުމަންޓަރީއެއްގެ ގޮތުގައި މީގެ ފުރަތަމަ ސީޒަން "ޓައިގާ ކިންގް: މާޑާ، މޭހެމް، އެންޑް މޭޑްނެސް" ގެނެސްދިނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެރިކް ގޫޑީ އާއި ރެބެކާ ޗެއިކްލިން ޑައިރެކްޓްކުރި އެ ސީޒަނުގައި ސްޕެޝަލް އެޕިސޯޑަކާ އެކު ހިމެނެނީ އަށް އެޕިސޯޑެވެ.

"ޓައިގާ ކިންގް" ގެ އެންމެ މުހިއްމު ކެރެކްޓާ އަކީ ޖޯ އެކްޒޯޓިކްގެ ނަމުން މަޝްހޫރު ޖޯސެފް މަލްޑަނާޑޯ-ޕެސެޖް، 58، އެވެ.

މިއީ އެމެރިކާގެ ފްލޮރިޑާގެ ޓަމްޕާގައި "ބިގް ކެޓް ރެސްކިއު" ގެ ނަމުގައި ކެރޯލް ބާސްކިން ކިޔާ އަންހެނަކު ހިންގާ ސެންޗްއަރީއެއްގައި ހިންގާފައިވާ ކަމަށް ބުނާ ޖަރީމާތަކެއްގެ ވާހަކަ ކިޔައިދޭ ޑޮކިއުމެންޓަރީއެކެވެ. މީގެ ދެވަނަ ސީޒަންް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، ޖޯ އެކްޒޯޓިކް މިހާރު އޮތީ ބާސްކިން މަރައިލަން އުޅުނުކަމުގެ ކުށް ސާބިތުވެ ބޮޑު ޖަލު ހުކުމެއްގަ އެވެ. އޭނާ އަށް ޖެނުއަރީ މަހު އިއްވި 22 އަހަރުގެ ޖަލު ހުކުމް ކޯޓުން ވަނީ 17 އަހަރަށް ލުއިކޮށް ދީފަ އެވެ.