10 މެއި 2021
އެމެރިކާގެ ކެލިފޯނިއާގެ މިހާރުގެ ގަވަރުނަރު ގެވިން ނިއުސަންގެ ސިޔާސަތުތަކާ މެދު އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ގުޅިގެން މި އަހަރުގެ ފަހުކޮޅު އާ ގަވަރުނަރުކަން ހޮވަން ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކެމްޕޭނުގައި ސާރިދޯޅެއް ބޭނުންކުރަން ފަށައިފި އެވެ.
އެމެރިކާގެ ކެލިފޯނިއާގެ މިހާރުގެ ގަވަރުނަރު ގެވިން ނިއުސަންގެ ސިޔާސަތުތަކާ މެދު އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ގުޅިގެން މި އަހަރުގެ ފަހުކޮޅު އާ ގަވަރުނަރުކަން ހޮވަން ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކެމްޕޭނުގައި ސާރިދޯޅެއް ބޭނުންކުރަން ފަށައިފި އެވެ.
ރިބަޕްލިކަން ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ޖޯން ކޮކްސްގެ ކެމްޕޭނުގައި ބޮޑު ސާރިދޯޅެއް ގެންގުޅުއްވާ އިރު، ކެމްޕޭނުގެ ސްލޯގަން އަކީ "ބިއުޓީ އެންޑް ދަ ބީސްޓް" އެވެ. އެ ސްލޯގަންއާ އެކު ސާރިދޯޅުގެ ފޮޓޯ ޖެހި ވޭނެއް ވެސް ރެލީތަކުގައި ބޭނުންކުރައްވަ އެވެ.
Tag the bear is here at @BeastJohnCox’s campaign kickoff in Sacramento pic.twitter.com/E2jp8dznbU
— Alexei Koseff (@akoseff) May 4, 2021
އެގޮތުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ކެމްޕޭން ރެލީއެއްގައި ކޮކްސްއާ އެކު ބަރުދަނުގައި 500 ކިލޯހުރި "ޓެގް" ކިޔާ ސާރީދޯޅު ވެސް ބައިވެރި އެވެ. އޭއްޗަކީ އިންސާނުންނާ އެކު އުޅެން ޓްރޭންކޮށްފައިވާ އެއްޗަކަށްވާތީ ރެލީގެ ތެރޭގައި ޖޯން ވާހަކަ ދެއްކެވި އިރު އޮތީ ވަރަށް މަޑުމައިތިރިކަމާ އެކު ކައިރީގައި އޮށޯވެލައިގެންނެވެ.
ސާރިދޯޅު ފަދަ ޖަނަވާރެއް އަމިއްލަ ކަމެއްގައި ގެންގުޅޭތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ކޮކްސް އަށް އަމާޒުވެފައިވެ އެވެ. އެގޮތުން ޖަނަވާރުންގެ ހިމާޔަތަށް ވަކާލާތުކުރާ ޖަމިއްޔާ ޕީޓާ އިން ވަނީ އޭނާގެ އެ އަމަލަކީ ލަދުވެތި އަދި ބަލައިނުގަނެވޭނެ ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ތަހުގީގުކުރަން ވެސް ޕީޓާ އިން ގޮވާލާފައިވެ އެވެ.
This stunt isn’t just dangerous, it’s cruel!
— PETA (@peta) May 8, 2021
@BeastJohnCox had direct contact with a bear, so we’re urging @USDA & @CaliforniaDFW to investigate the exhibitor. https://t.co/zYeWHEJv9h
*As a 501(c)(3) IRS regulations prohibit us from endorsing/opposing a candidate/party
ކޮކްސް ވިދާޅުވާ ގޮތުގައި އޭނާގެ ކެމްޕޭނުގައި ސާރިދޯޅަކާ އެކު "ބިއުޓީ އެންޑް ބީސްޓް" ސްލޯގަން ބޭނުން ކުރައްވަނީ މިހާރު ގަވަރުނަރުގެ މަގާމުގައި ހުންނެވި ސިފަ ރީތި ޑިމޮކްރެޓިކް ޕާޓީގެ "ބިއުޓީ" ގެވިންގެ ބަދަލުގައި ކެލިފޯނިއާ އަށް މިހާރު ބޭނުން ވަނީ ކަންކަން ކުރެވޭ ކަހަލަ ވަރުގަދަ "ބީސްޓެއް" ކަމަށްވާތީ އެވެ.
"ގެވިންގެ ބިއުޓީއާ އެކު އޭނާ ވަނީ ކެލިފޯނިއާ ވަނީ ފެއިލްވެފައި. މި ސްޓޭޓަށް މިހާރު ބޭނުން ވަނީ އަހަރެން ކަހަލަ ވަރުގަދަ ބީސްޓެއް. ޔަގީނުން ވެސް އަހަންނަކީ ކެލީފޯނިއާ ބަދަލުކޮށްލާނެ މީހެއް،" ކޮކްސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގަވަރުނަރުގެ މަގާމަށް އިންތިހާބުވަޑައިގެންފި ނަމަ ޓެކްސްތައް ކަނޑާލައި، ކެލިފޯނިއާ އަކީ އަތްފޯރާ ފަށުގައި ދިރިއުޅެވޭ ފަސޭހަ ތަނަކަށް ހަދައި ވެރިރަށް ސެކްރެމެންޓޯ ވެސް މުޅިން ބަދަލުކޮށްލާނެ އެވެ.
ކެލިފޯނިއާގެ ގަވަރުގެ މަގާމުގައި މިހާރު ހުންނެވި ގެވިން، 53، އެ މަގާމަށް ވަޑައިގެންނެވީ 2019 ގަ އެވެ. އޭނާ މަގާމު ދުރުކުރުމުގެ މަސައްކަތް ފެށުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ވިދިގެން ގެންގުޅުއްވާ ދޯދިޔާ ސިޔާސަތުތަކާ ހެދި އެވެ.
ހީކުރި ވަރަށް ވުރެ އަވަހަށް "ޓައިގާ ކިންގް 2"
އެންމެ ގިނަ ހަރަކާތުން ދެ ކުއްތާ އަށް ރެކޯޑެއް
ދިރާސާތަކަށް މަކުނު ލިބުން ދަތިވެގެން މަކުނު އާލާކުރަނީ
ސާރިދޯޅެއްގައި ޓްރަމްޕުގެ ސްޓިކާ ޖެހި މީހަކު ހޯދަނީ
ދިރޭތަކެތި ނައްތާލުމުގެ ހަރަދު ދޭންޖެހޭނީ ގެނައިފަރާތުން
އެއްމާބަނޑަސް މި ކުދިންގެ އުފަންދުވަސް ތަފާތު
އޮމިކްރޯންއާ ނަން ވައްތަރުކަމުން ޖޯކު ޖަހައިފި
ކަންޔޭ އާ ގެއެއް ގަތީ ކިމްގެ ގެއާ ވަރަށް ކައިރިން
ކެލިފޯނިއާ އަށް 17 ފޫޓުގެ ސްނޯ
ވައުދު ނުފުއްދުމުން 30،000 ޑޮލަރު ދޭން ޖެހިއްޖެ