ބ. ކަމަދޫގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.
09 އޯގަސްޓް 2020
ބ. ކަމަދޫގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.
ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިސަރު އަމިނަތު ޝެރިން ވިދާޅުވީ، ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން އިއްޔެ ކުރި ޓެސްޓުން ޕޮޒިޓިވްވީ އުމުރުން 34 އަހަރުގެ ފިރިހެނަކު ކަމަށެވެ. އެކަމަކު އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި ހާލު ވެސް ރަނގަޅު ކަމަށް ޝެރިން ވިދާޅުވި އެވެ.
އެއީ މިދިޔަ މަހުގެ 25 ގައި ކަމަދު އަށް ދިޔަ މީހެކެވެ.
މީގެ ކުރިން ވެސް ކަމަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އެއީ މިދިޔަ މަހުގެ 30 ގައި ސާމްޕަލް ނެގި އުމުރުން 40 އަހަރުގެ އަންހެނެކެވެ.
"ދެ މީހުން ވެސް ތިބީ ހޯމް އައިސޮލޭޝަންގައި. ހާލު ރަނގަޅު. ބަލީގެ އެއްވެސް އަލާމާތެއް ނެތް،" ޝެރިން ވިދާޅުވި އެވެ.
މާލެ އިން ރަށްރަށަށް ދާ މީހުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭއިރު، ބައެއް ރަށްރަށުގައި ކަރަންޓީނުގައި ތިބި މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެގޮތުން މި ފަހުން ވެސް 13 ރަށަކުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ.
ރާއްޖެ އިން މިހާތަނަށް 4،898 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 2،791 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން 2،088 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އެ ބަލީގައި މިހާތަަނަށް ރާއްޖެ އިން މަރުވެފައި ވަނީ 19 މީހެކެވެ.
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް
ހޯއްގޮވާ ކެއްސުމަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ
މި މަހު 19 މީހަކަށް އިންފްލުއެންޒާ، އެއް މަރު!
ރާއްޖޭގައި އިންފުލުއެންޒާ ފެތުރެނީ!
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު މާލެއިން ވެސް ފެނިއްޖެ