Roadha Mihaaru
ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ރޯވެ އަޑިއަށްދިޔަ ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

10 އޯގަސްޓް 2020

ލ. އަތޮޅަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ، އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެއްނިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލ. އަތޮޅަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ، އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެއްނިއްޖެ އެވެ.

އެންއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ގެއްލުނު މީހާގެ ހަށިގަނޑު ފެނުނީ ސިފައިންގެ ޑައިވަރުން ކުރި މަސައްކަތުން، ކަނޑުގެ 48 މީޓަރު އަޑިން ކަމަށެވެ. އެ ހަށިގަނޑު ގަމު ހޮސްޕިޓަލަށް ގެންދަން ސިފައިން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.

ލ.ގަމު ތުނޑީ އަވަށާ ދިމާލުން ބޭރަށް "ވިންދު" ނަމަކަށް ކިޔާ ދޯނި އަޑިއަށް ދިޔަ އިރު އެދޯނީގައި ތިބީ 10 މީހުންނެވެ. އެއީ ދިވެއްސަކާއި ނުވަ ބިދޭސީންނެވެ.

އެމްްއެންޑީއެފުން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެ، އެނދީ ދޯނީގެ އިންޖީނުގޭ ތެރެއިންނެވެ. އަލިފާން ނިވުނު އިރު ދެފެން ދޭތެރޭގައި އޮތް އެ ދޯނީގެ އެހެެން ތަނެއްގައި ރޯވެފައި ހުރި ކަމަކަށް ފޮޓޯތަކުން ނުފެނެ އެވެ.