ކޮވިޑް-19 ގައި އިއްޔެ ފިރިހެނަކު މަރުވިފަހުން އައިސޮލޭޝަނަށް ގެންދަން ގުޅި މައްސަލައިގައި އާއިލާގެ ކިބައިން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ މައާފަށް އެދިއްޖެ އެވެ.
13 އޯގަސްޓް 2020
ކޮވިޑް-19 ގައި އިއްޔެ ފިރިހެނަކު މަރުވިފަހުން އައިސޮލޭޝަނަށް ގެންދަން ގުޅި މައްސަލައިގައި އާއިލާގެ ކިބައިން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ މައާފަށް އެދިއްޖެ އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިން ފައްޓަވައި ވާހަކަދައްކަވަމުން ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ 67 އަހަރުގެ އެ މީހާ މަރުވިތާ ބައިގަޑިއިރު ފަހުން އައިސޮލޭޝަނަށް ގެންދަން ގުޅުނީ، އުމުރުން ދުވަސްވީ މީހުން އައިސޮލޭޓްކުރަން އިސްކަންދޭ ލިސްޓަށް ބަލައިގެން މަސައްކަތް ކުރުމުން ކަމަށެވެ. އޭރު އޭނާ އޮތީ، އައިޖީއެމްއެޗުގައި ނޫންކަމެއް ނޭނގޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"މި ޕޭޝަންޓް ހޮސްޕިޓަލަށް ގެންދެވިފައިވަނީ އޭގެ ކުރީ ދުވަހު. އަދި އޭނަ ނިޔާވި ފަހުން އައިސޮލޭޓްކުރަން މިކޮޅުގެ ޓީމުން ވަނީ ގުޅާފައި. އެކަން އެގޮތަށް ހިނގާފައި ވާތީ ފުރަތަމަ ކަމަކަށް އާއިލާގެ ފަރާތުން އަޅުގަނޑުމެން ހަމަ ނިހާޔަތަށް މައާފަށް އެދެން،" ނަޒްލާ ވިދާޅުވި އެވެ.
You guys called in to take my uncle to isolation while his son was doing his duty to burry him. When your communication fails this badly how do you expect the community to support either of you. This is a shame.
— Hussain Shahid (@Huxain_Chahid) August 11, 2020
ނަޒްލާ ވިދާޅުވީ އައިޖީއެމްއެޗުގައި ބާއްވައިގެން ޓެސްޓުކޮށްފިނަމަ ސިސްޓަމުން އެކަން އެނގޭނެ ގޮތް ހަދައި އެ ސިސްޓަމް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އޭނާ ވަނީ އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ކަންކަން ހަމަޖައްސާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"މިކަހަލަ ކަމެއް ތަކުރާރުނުވާނެ ގޮތަށް އިންތިޒާމްތައް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑާއި އަދި އަޅުގަނޑުގެ ޓީމުން ދެން،" ނަޒްލާ ވިދާޅުވި އެވެ.
މަރުވި މީހާއަކީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކޮވިޑަށް ޓެސްޓުކޮށް، ޖެހިގެން އައި ބުދަ ދުވަހު ނަތީޖާ ލިބުނުއިރު ޓެސްޓު ނެގެޓިވް ވެފައިވާ މީހެކެވެ. އެކަމަކު ފަހުން ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް، ކޮވިޑް ޓެސްޓު ކުރިއިރު ނަތީޖާ ވަނީ ޕޮޒިޓިވްވެފަ އެވެ.
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
އޮމިކްރޯންގެ ރާޅު އެތައް ގުނައެއް ހަލުއިވެދާނެ
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
މާލޭގައި ރެންޑަމް ސާމްޕަލް ނަގަން އަލުން ފަށައިފި
ރާއްޖޭގައި އެންމެ ބޮޑަށް ފެތުރުނީ އިންޑިއާ ވޭރިއަންޓް
ކޮވިޑް ރޭޓް 5 ޕަސެންޓަށްވުރެ މަތި ރަށްތައް ހާމަކުރަނީ
ރަށްރަށުގައި ކޮވިޑް ކޭސްތައް އަދިވެސް ވަނީ އިތުރު
ރަށްރަށުގައި ކޮވިޑްގެ 900 އަށް ވުރެ ގިނަ ކޭސް!
"ހޭލަންވީ ހިސާބަށް ހިނގައްޖެ، އިތުރަށް ސަމާލުކަންދީ"