ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް، ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާކޮށްފި އެވެ.
15 އޯގަސްޓް 2020
ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް، ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އަލިފުށީގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން އެ ރަށު ކަސްތޫރިގެ، އަލީ އަމީންގެ މައްޗަށް ދައުވާކުރަން މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާއަށް ކުރާ ދައުވާތަކުގެ ތެރޭގައި ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާ އަދި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ހިމެނެ އެވެ.
ލައްފިލުވާ އެޅި މައްސަލައިގައި 32 އަހަރުގެ އެ މީހާ ފުލުހުން ހައްޔަރު ވެސް ކުރި އެވެ. އެ ދެ މީހުންގެ ދަރިއަކު ވެސް ހުރެ އެވެ.
އަންހެން މީހާގެ އަނގަޔަށް ލައްފިލުވާ އެޅިއަސް އޭނާގެ ހަށިގަނޑުގެ އެތެރެއަށް ނުދެ އެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ އަންހެން މީހާ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެއްސި އެވެ.
މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާއެއް ނުކުރި
ކަސްޓޯޑިއަލަށް ޑްރަގު ވައްދަން އުޅުނު ފުލުހަކަށް ދައުވާ
ހުސައިންގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި
ޖިނާއީ މައްސަލަތަކުގެ ލިޔުންތައް ނައްތާނުލަން އަންގައިފި
ހުވާ ނުކުރާ ކަމަށް ބުނި މީހާއަށް ޓްރެފިކިންގެ ދައުވާ
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
އެންއައިސީން ދައުވާކުރަން އެދޭ ފުލުހުން ތެރޭގައި ސީޕީ
ޒަކިއްޔާގެ މަރު: ދައުވާ ކުރުމާމެދު ޕީޖީއާއެކު މަޝްވަރާ
ހައްޔަރުކުރި ފުލުސް ބުނަނީ މަގާމުގެ ހުވާނުކުރާކަމަށް
ޓެރަރިޒަމްގެ މައްސަލައެއްގައި ދައުވާކޮށްފި