އެމްޑީޕީ އަކީ އާދަޔާހިލާފު، ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ނުވިސްނޭތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި ކޮންމެ ފަދަ ގޮތަކަށް ހަމަލާ ދިނަސް، ޕާޓީގެ މެމްބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
15 އޯގަސްޓް 2020
އެމްޑީޕީ އަކީ އާދަޔާހިލާފު، ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ނުވިސްނޭތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި ކޮންމެ ފަދަ ގޮތަކަށް ހަމަލާ ދިނަސް، ޕާޓީގެ މެމްބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ މެމްބަރުންގެ ސޮއި ހޯއްދަވަން ފައްޓަވައިފަ އެވެ. އެއާއެކު، އަމިއްލަ ޕާޓީގެ މިނިސްޓަރަކު މަގާމުން ބޭރު ކުރައްވަން އުޅުއްވުމުން، ޕާޓީ ތެރޭގައި ބޮޑު ހަމަނުޖެހުންތަކެއް އޮތް ކަމަށް އިދިކޮޅުން ދަަނީ ތުހުމަތު ކުރަމުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ އެއް މިނިސްޓަރު، މަގާމުން ދުރު ކުރަން އުޅުމަކީ އެ ދެ ބޭފުޅުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތައް އުފެދިފައިވާކަން އެނގޭ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ހަން ބޯ، އަޑު އުފުލާ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވާ ކަންކަން އަބަދުވެސް ހުންނާނެ ކަމަށެވެ. އެކަމަކު ކޮންމެ ފަދަ ގޮތަަކަށް ހަމަލާ ދިނަސް މި ޕާޓީގެ މެންބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީ އަކީ ތަފާތު ފިކުރުތަކާ އެކު ކުރިއަށްދާ، އާދަޔާ ހިލާފު ތަފާތު އަދި ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ނުވިސްނޭތީ އަދިވެސް ހައިރާންވޭ،" ޓްވީޓްްގައި ފައްޔާޒު ވިދާޅުވި އެވެ.
Still can’t stop being surprised by ignorance of our opponents on what a vibrant, diverse enigma MDP is. There always will be divergent centers of opinions with very vocal and thick skinned party members. We can just about take any sort of abuse and don’t take it to heart.
— Fayyaz Ismail (@faya_i) August 15, 2020
އެމްޑީޕީގެ ތެރޭގައި، "ބްރޯ"އަށް ވެގެން އުޅުއްވައިގެން ނުވާނެ ކަމަށާއި އޭނާ ވެސް އުޅުއްވަން ވާނީ ނިޒާމުގެ ތެރޭގައި ކަމަށް ނަޝީދު ވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ވާހަކަ ދައްކަވައިފަ އެވެ. ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ ފަހަތުގައި ވަނީ އެ ސަބަބު ކަމަށް ދޭހަވާ ގޮތަށް އެ މަނިކުފާނު ވާހަކަ ދެއްކެވި އިރު، އިދިކޮޅު މެމްބަރުންނާ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރައްވައި ވެސް ނަޝީދު ހިތްހަމަނުޖެހުން ފާޅު ކުރެއްވި އެވެ.
އެ ގުރޫޕުގައި ކަންބޮޑުވުންފާޅުކުރެއްވި އެއް ކަމަކީ ސަރުކާރަށް ދޮޅު އަހަރުވި އިރު ވެސް އެންމެ ހައުސިން ޕްރޮޖެކްޓެއްގައި ވެސް ސޮއިކޮށްފައި ނުވުމެވެ. ގުޅިފަޅުގެ މަޝްރޫއު ޑިޒައިންކޮށްފައި ވަނީ ވެސް މާލޭގެ މީހުންނަށް ފައިދާނުވާ ގޮތަށް ކަމަށާއި ފެންނަ މަންޒަރަކީ ޕާޓީ އަދި ސަރުކާރު ރައްޔިތުންނާ ދުރުވާ ތަން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެކަމަކު އެ ތުހުމަތުތައް ފައްޔާޒު ދޮގު ކުރައްވައި، އެކަން ހިނގައި ދިޔަގޮތް ސާފުކޮށްދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު މި ފެންނަނީ ރާއްޖޭގެ ޑިމޮކްރަސީ އަށް ޖާގަ ލިބެމުންދާތަނެވެ. އަދި ސިޔާސީ ގޮތުން އެ ބަޔަކު އެ ވަގުތެއްގައި ކުރަން ޖެހޭ ކަމަށް ފެންނަ ކަންކަން ކުރަން ޖެހޭނެ ކަމަށް ގުރޫޕުގައި ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިއެވިފައި އޮތް ގޮތަކަށް ހިނގާ ނިމިދާނެ ކަމަށާއި އެކަމަކު އެއާ ގުޅިގެން ގައުމީ މަޖިލީހުގެ ގްރޫޕްގައި ނުތަނަވަސްކަން އުފެދޭގޮތަށް ވާހަކަތައް ނުދެއްކެވުމަށް މެމްބަރުން ގާތު އެދިވަޑައިގެންނެވި އެވެ.
އީޕީއޭއަށް ގެނައި ބަދަލާ މެދު ފައްޔާޒުގެ ކަންބޮޑުވުން
ނަޝީދާއި ފައްޔާޒު ލޯކަލް ކައުންސިލް ކެމްޕެއިންގައި
އެމްޑީޕީގެ ޗެއާޕާސަން/ރައީސްގެ މަގާމު އެއްކޮށްލަނީ!
"ނަޝީދު އެނބުރި ވަޑައިގަތީ ޑީލެއްގެ ދަށަކުން ނޫން"
ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއް: ފައްޔާޒު
އެމްޑީޕީން ޑިމޮކްރެޓްސްގެ ނިންމުމަށް މަރުހަބާ ކިޔައިފި
ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކޮށްފި
މިއީ ބޭއިންސާފުތަކާ ދެކޮޅު އަޒުމް ކަނޑައެޅުމުގެ ދުވަސް
ޕްރިފެރެންޝިއަލް ވޯޓަށް ފައްޔާޒްގެ ތާއީދެއް ނެތް!
"ކަރަންޓު މައްސަލަ ހައްލުކުރަން އާވިސްނުމަށް ޖާގަދީ"