25 އޮކްޓޯބަރ 2016
ބެއިޖިން (އޮކްޓޯބަރު 25) - ޗައިނާގެ ސިޓީއެއް ކަމަށްވާ ޔޫލިންގައި ބާރުގަދަ އެއްޗެއް ގޮވާ ބައެއް އިމާރާތްތައް ބިމާ ހަމަވި ހާދިސާގައި މަދުވެގެން 10 މީހުން މަރުވެ 150 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ބެއިޖިން (އޮކްޓޯބަރު 25) - ޗައިނާގެ ސިޓީއެއް ކަމަށްވާ ޔޫލިންގައި ބާރުގަދަ އެއްޗެއް ގޮވާ ބައެއް އިމާރާތްތައް ބިމާ ހަމަވި ހާދިސާގައި މަދުވެގެން 10 މީހުން މަރުވެ 150 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ގޮވި އެއްޗެހިތަކެއްގެ ބާރުގަދަވުމުގެ ސަބަބުން ކުރިން ދެ ބުރި އިމާރާތެއް ހުރި ތަނެއްގައި ބޮޑު ވަޅުގަނޑެއް އުފެދިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ވެސް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. އަދި މަގުތަކާ ހަމައަށް ވަނީ އިމާރާތްތަކުގެ ބައިތައް ބުރައިގެން ގޮސްފަ އެވެ.
ގޮވި އެއްޗެއް ގޮވާފައި މި ވަނީ ހޮސްޕިޓަލެއް ހުރި ސަރަހައްދަކާ ވެސް ކައިރީގަ އެވެ. ގޮވުންތަކުގެ ސަބަބުން ހޮސްޕިޓަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެ އެވެ. އަދި އެހެން އިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު އިމާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް 70 އަށް ވުރެ ގިނަ މީހުން ފޮނުވާފައިވާ ކަމަށް ރަސްމީ ނިއުސް އެޖެންސީ ޒިންހުއާ އިން ވަނީ ބުނެފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ގޮވާފައި ވަނީ ގަވާއިދާޚިލާފަށް ގެންގުޅުނު ގޮވާ އެއްޗެހިތަކެއް ބަހައްޓާފައި ހުރި ތަނެއްގަ އެވެ.
މިއަހަރު އޭޝިޔާގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭ
ދެވަނަ އަށް އެންމެ އުސް އިމާރާތް މެލޭޝިއާގައި
އޭޝިޔާ، ޔޫރަޕްގައި ހަލުވިކަމާ އެކު ދޫނި ރޯގާ ފެތުރެނީ
ޑެލްޓާ ބާވަތުގެ ވައިރަހާ އެކު އޭޝިޔާގެ ހާލަތު ގޯސްވަނީ
މިނިވަން ވިޔަފާރީގެ އެންމެ ބޮޑު އެއްބަސްވުން ހަދައިފި
ޗައިނާގެ އެންމެ މުއްސަނދީ ފެން ކުންފުންޏެއްގެ ވެރިއެއް
އޭޝިއާގައި ވީޑިއޯ ގޭމް ކުޅޭ އަންހެނުން އިތުރުވަނީ
ޗައިނާގައި 546 މިލިއަން އަހަރު ވީ 'ފިޔަވަޅެއް'!
އައިފޯނު 6ގެ 32 ޖީބީގެ ފޯނު ބާޒާރަށް ނެރެފި
ކޮރަޕްޝަން ތުހުމަތަށް 1 މިލިއަން މީހުން ތަހުގީގުކޮށްފި