Roadha Mihaaru
ޗައިނާގެ އެންމެ މުއްސަނދީ ފެން ކުންފުންޏެއްގެ ވެރިއެއް

މިހާރު ޗައިނާގެ އެންމެ މުއްސަނދި މީހަކީ ފެން އުފައްދާ ކުންފުންޏެއްގެ ވެރިއެއް

25 ސެޕްޓެމްބަރ 2020

އެންމެ އާބާދީ ބޮޑު އަދި އިގްސާދީ ބޮޑު ބާރެއް ކަމަށްވާ ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމު އަލީބާބާ ގްރޫޕްގެ ކުރީގެ ޗެއާމަން ޖެކް މާ ފަހަތަށް ޖައްސައިލުމަށް ފަހު، ފެން ކުންފުންޏެއްގެ ވެރިއަކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ އާބާދީ ބޮޑު އަދި އިގްސާދީ ބޮޑު ބާރެއް ކަމަށްވާ ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމު އަލީބާބާ ގްރޫޕްގެ ކުރީގެ ޗެއާމަން ޖެކް މާ ފަހަތަށް ޖައްސައިލުމަށް ފަހު، ފެން ކުންފުންޏެއްގެ ވެރިއަކަށް ލިބިއްޖެ އެވެ.

ބްލޫބާގް ބިލިއަނާޒް އިންޑެކްސް މިހާރު ބުނާ ގޮތުން ޗައިނާގެ އެންމެ މުއްސަނދި މީހަކީ މިލްކިއްޔާތު 58.7 ބިލިއަން ޑޮލަރަށް އަރާ ޒޮންގް ޝަންޝަން އެވެ. އޭނާ އަކީ 1996 ގައި އުފެއްދި ފެން ކުންފުނި "ނޮންގްފޫ ސްޕްރިންގް" ގެ ވެރިޔާ އެވެ.

ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމާ އެކު، "ލޯން ވުލްފް" ގެ ނަމުން މަޝްހޫރު ޝަންޝަން މިހާރު ވެފައި ވަނީ އޭޝިއާގައި ދެވަނަ އަށް އެންމެ މުއްސަނދި މީހާއަށެވެ.

މި ވަގުތު އޭޝިއާގެ އެންމެ މުއްސަނދި މީހަކީ އިންޑިއާގެ ރިލަޔަންސް ގްރޫޕްގެ ވެރިޔާ މުކޭޝް އަމްބާނީ، 63، އެވެ. އޭނާގެ މިލްކިއްޔާތަކީ 88.8 ބިލިއަން ޑޮލަރެވެ. އަމްބާނީ މި ވަގުތު ހިމެނެނީ ދުނިޔޭގައި އެންމެ މުއްސަނދި 10 މީހުންގެ ލިސްޓްގެ ފަސް ވަނައިގަ އެވެ.

ޖެކް މާ، 56، ފަހަތަށް ޖައްސާލައި ޝަންޝަން ޗައިނާގެ އެންމެ މުއްސަނދި މަގާމު ހޯދި އިރު، އެކި ކަންކަމަށް ހައިރާތަށް ވެސް ބޮޑެތި އަދަދުތަކުން ހޭދަކުރާ ޖެކް މާގެ މިލްކިއްޔާތަކީ 50.4 ބިލިއަން ޑޮލަރެވެ.

ޖެކް މާ.

ޖެކް މާ.

ފުޅީގައި ފެން ބަންދުކުރުމުގެ ވިޔަފާރީން ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނު ޝަންޝަން އޮތީ މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ ލިސްޓްގެ 17 ވަނައިގަ އެވެ. ރިޕޯޓްތައް ބުނާގޮތުން "ނޮންގްފޫ ސްޕްރިން" ގެ ހޮންކޮންގްގެ ހިއްސާގެ ބާޒާރުގައި މިދިޔަ މަހު ލިސްޓްކުރުމާ އެކު، ހިއްސާގެ އަގު 54 ޕަސަންޓަށް، އުފުލި ކުންފުނީގެ އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވާން ފަށައިފަ އެވެ. "ނޮންގްފޫ ސްޕްރިންގް" ގެ ދަށުން ސަޔާއި ޖޫހާއި ފްލެވާޑް ވިޓަމިންގެ ބުއިންތައް ވެސް ވިއްކަ އެވެ.

ޝަންޝަން އަކީ ބޭހުގެ ވިޔަފާރި ވެސް ކުރާ މީހެކެވެ. އެގޮތުން އޭނާގެ ބެއިޖިންގެ ވަންޓާއި ބައޮލޮޖިކަލް ފާމަސީ އެންޓަޕްރައިސަސް ވަނީ އެޕްރީލް މަހު ޗައިނާގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފަ އެވެ.