Roadha Mihaaru

ކުރީގެ ޗީފް ޝިޔާމްގެ ބައްޕަ ވީއައިޕީ ގޭގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމައިފި އެވެ.

ޝިޔާމްގެ ބައްޕަ ވީއައިޕީގައި އުޅުން ކޮރަޕްޝަނެއް ނެތް
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

16 އޯގަސްޓް 2020

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމައިފި އެވެ.

މައްސަލަ ނިންމައި އެ ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ގޮތުގައި، ޝިޔާމްގެ ބައްޕަ ދިރިއުޅުއްވީ ވިލިމާލޭގައި ހުންނަ ކޯސްޓު ގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހިންގާ ގޯތީގެ ވީއައިޕީ ގޭގަ އެވެ. ޝިޔާމްގެ ބައްޕަ އެ ގޭގައި ދިރިއުޅުއްވުން ހަމަޖެހުނީ ޝިޔާމްގެ އެންގެވުމުގެ މަތިން ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އެ މައްސަަލަ ތަހުގީގުކޮށް ބެލިއިރު، ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓު ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި ފަރާތްތަކަށް ހުރުމުގެ އިންތިޒާމް ހަމަޖެހޭ ކަން ލިބިފައިވާ ލިއުންތަކުން އެނގެ އެވެ. އެހެންވެ، ޗީފްގެ ބައްޕަ އަށް އެތަނުގައި ހުރުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ނުބެލެވޭ ކަމަށް ތަހުގީގު ނިންމި ގޮތުގެ ރިޕޯޓްގައިވެ އެވެ.

ޝިޔާމްގެ ބައްޕަ އެތަނުގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަހު އުޅުއްވި އެވެ.

ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށް މައްސަލަ ފައިލްކުރިއިރު އެތަން ދޫކުރަމުން އަންނަ ގޮތް އިސްލާހުކުރަން އޭސީސީން ވަނީ ލަފާ ދީފަ އެވެ.