17 އޯގަސްޓް 2020
ފަނޑިޔާރުންގެ ފުރިހަމަ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލި މިނިވަންކަމާއި އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ވަކިފަރާތަކަށް ނުޖެހި އިންސާފު ގާއިމުކުރުމުގެ މާހައުލެއް ޝަރުއީ ދާއިރާގައި މި ވަގުތަށް ނެތްކަމަށް ވިދާޅުވެ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ފަނޑިޔާރުންގެ ފުރިހަމަ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލި މިނިވަންކަމާއި އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ވަކިފަރާތަކަށް ނުޖެހި އިންސާފު ގާއިމުކުރުމުގެ މާހައުލެއް ޝަރުއީ ދާއިރާގައި މި ވަގުތަށް ނެތްކަމަށް ވިދާޅުވެ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޝުޖާއު އިސްތިއުފާ މި ދެއްވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކުރައްވައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވުމާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ ވޯޓު ލިބިއްޖެ ނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލައި އޭނާ ވަކިކުރަން ރައްޔިތުން މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައި ވަނިކޮށެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ޝުޖާއު ނެރުއްވި ބަޔާނުގައި ޖޭއެސްސީ އަށް ބޮޑެތި ތުހުމަތުތައް ކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޒާތީ ހަސަދަ އާއި ބަދަލު ހިފުމުގެ ރޫހުގަ އެވެ.
"މީގެ އެއްމިސާލަކީ ފަނޑިޔާރުން ރިޓަޔާ ކުރުމުގެ އުސޫލަށް ބަދަލު ގެނަސް ފަނޑިޔާރުން ރިޓަޔާ ކުރުމުގެ ފުރުސަތު ހަނިކުރުމެވެ. އުމުރުދުވަހު ކުރި މަސައްކަތުން ދުރަށް ދާންޖެހޭ ހާލަތުގައި ރިޓަޔާ ކުރުމުގެ ހައްގުން މަހްރޫމު ކުރުމަކީ ކޮމިޝަނުގެ މެމްބަރުން ފަނޑިޔާރުންގެ ހައްގުތަކަށް ނުބައި ނިޔަތުގައި އަރައިގަތުމަށް ހިންގާފައިވާ ޣައިރު ޒިންމާދާރު ޢަމަލެއްކަމުގައި އަޅުގަނޑު ދެކެމެވެ." ބަޔާނުގައިވެ އެވެ.
ޑިސެމްބަރު 19، 1996 ގައި ފަނޑިޔާރުކަން ކުރައްވަން ފެއްޓެވި ޝުޖާއު ވަނީ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކޯޓުގެ މެޖިސްޓްރޭޓްކަމާއި އެ އަތޮޅުގެ އިސް މެޖިސްޓްރޭޓްކަމާއި، އދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމާއި، ކްރިމިނަލް ކޯޓުގެ ޤާޟީކަން ވެސް ކުރައްވައިފަ އެވެ.
ޝުޖާއު ވިދާޅުވެފައި ވަނީ ހިތާމައަކީ މިހާ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްފައިވާއިރު، ޝަރުޢީ ދާއިރާއިން ރިޓަޔާ ކުރުމުގެ ފުރުސަތު ވެސް ދިނުމަކާ ނުލައި، "އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ބަދަލުހިފުމާއި ޒާތީ ހަސަދަވެރިކަމާއި ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށްޓަކައި ... އަނިޔާވެރި ނިންމުމެއް" ނިންމައި ޖޭއެސްސީން އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވާތީ ކަމަށެވެ.
ޝުޖާއު ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމަށް އިންކާރު ކުރައްވައިފަ އެވެ. އަދި އޭނާ މަގާމުން ވަކިކުރުމަކީ އެހެން ފަނޑިޔާރުން ވެސް ފަސޭހަކަމާ އެކު މަގާމުން ވަކި ކުރުމަށް ހުޅުވޭ ދޮރެއް ކަމުގައި ވަނީ ވިދާޅުވެފަ އެވެ.
ފަނޑިޔާރުކަން ކުރެއްވީ އިހްލާސްތެރިކަމާ އެކުގައި ކަމަށް ވިދާޅުވެ ނެރުއްވި ބަޔާން ނިންމާލައްވާފައި ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް، ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް މިހާރު ނެތް ކަމަށް ވިދާޅުވަމުންނެވެ. އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ބޭނުންކުރާ ހަތިޔާރަކީ ޖޭއެސްސީ ކަމަށް ވެސް ތުހުމަތުކުރައްވާފައިވެ އެވެ.
ކެމްޕެއިންތަކުގައި ބައިވެރިވެވަޑައިގެންނެވި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ މައްސަލަ ވެސް ޖޭއެސްސީން ބަލައި އޭނާ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމި އެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރުމުގެ އެއް ދުވަސް ކުރިން ނަޖީބު ވެސް ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.
ދެ ފަނޑިޔާރަކު ވަކިކުރަން ހުށަހެޅީ ގޯސްކޮށް: ކޮމިޓީ
ހައި ކޯޓަށް ފަރުހީޒާ އާއި ޝަފީއު
ޝުޖާއު، އިދިކޮޅުގެ ވަކީލުންގެ ޓީމާ ގުޅިއްޖެ
ފަނޑިޔާރު ޝުޖާއު ވަކިކުރަން ޖޭއެސްސީން ނިންމައިފި
ފަނޑިޔާރު ޝުޖާއު ސަސްޕެންޑް ކޮށްފި
ޝަރީއަތްތައް ލަސްވާ ސަބަބު ހޯދަން ޓާސްކް ފޯހެއް ހަދަނީ
ހިބަޅިދޫ މައްސަލާގައި ފަނޑިޔާރުން ރިޝްވަތަށް އެދުނު!
ފަނޑިޔާރު ޝުޖާއު އުސްމާން ޖޭއެސްސީ އަށް ހާޒިރުކުރަނީ
ގާނޫނީ ފަންނުގެ ބިލް މަޖިލިހުން ފާސްކޮށްފި
"ޗުއްޓީގައި ހުއްޓަސް، ހުކުމް ކުރަން ބައިވެރިވެވޭނެ"