Roadha Mihaaru
ވަރުންގެ މައިންބަފައިންގެ ރޯލަށް އަނިލް އާއި ނީޓޫ

ވަރުންގެ މައިންބަފައިންގެ ރޯލަށް އަނިލް އާއި ނީޓޫ

19 އޯގަސްޓް 2020

މިދިޔަ އަހަރު "ގުޑް ނިއުޒް" ގެނެސްދިން ޑައިރެކްޓަރު ރާޖް މެހެތާ، ވަރުން ދަވަނާ އެކު ހަދަން ތައްޔާރުވަމުން އަންނަ ފިލްމުގައި އޭނާގެ މައިންބަފައިންގެ ރޯލް ކުޅެން އަނިލް ކަޕޫރާއި ނީޓޫ ކަޕޫރް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު "ގުޑް ނިއުޒް" ގެނެސްދިން ޑައިރެކްޓަރު ރާޖް މެހެތާ، ވަރުން ދަވަނާ އެކު ހަދަން ތައްޔާރުވަމުން އަންނަ ފިލްމުގައި އޭނާގެ މައިންބަފައިންގެ ރޯލް ކުޅެން އަނިލް ކަޕޫރާއި ނީޓޫ ކަޕޫރް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނީޓޫ އަކީ އެޕްރީލް މަހު މަރުވި އެކްޓަރު ރިޝީ ކަޕޫރްގެ އަންހެނުންނެވެ. އަދި އެކްޓަރު ރަންބީރް ކަޕޫރްގެ މަންމަ އެވެ. ނީޓޫ އެންމެ ފަހުން ކުޅުނު ފިލްމަކީ ފިރިމީހާ އާއި ދަރިފުޅާ އެކު 2013 ގައި ސްކްރީން ހިއްސާކުރި "ބޭޝަރަމް" އެވެ. ނީޓޫ އަކީ 1970 އާއި 1980 ގެ އަހަރުތަކުގައި ގިނަ ފިލްމުތަކެއް ކުޅުނު ބަތަލާއެކެވެ. އަދި ފަހުން އޭނާ ފިލްމުތަކުން ފެންނަނީ ވަރަށް ވެސް މަދުންނެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ރާޖް ހަދަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން އަށް ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އޮކްޓޯބަރު މަހުގެ ފަހުކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅު އަދި ނަން ނަން އިއުލާންނުކުރާ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބުންޏެވެ. މި ފިލްމުން ވަރުންއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ކިއާރާ އަދުވާނީ އެވެ.

ނަމަވެސް ރާޖްގެ އާ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ކަރަންގެ ދަރުމާ އިން އަދި ރަސްމީކޮށް ހިއްސާއެއްނުކުރެ އެވެ. ހަންގާމާ އިން ބުނިގޮތުގައި ރާޖްގެ ދެވަނަ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އޭނާ އެކު "ގުޑް ނިއުޒް" ގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި ރިޝަބް ޝަރުމާ އާއި ރާޖެވެ.