ޖަރުމަނު މީހަކު ގަސްތުގައި 217 ފަހަރު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށާއި މިއީ މިހާތަނަށް އެންމެ ގިނައިން ކޮވިޑް ވެކްސިން ޖެހި މީހާ ކަމަށް ބެލެވޭއިރު އެ މީހާއަށް ވެކްސިންގެ ސަބަބުން ސިއްހީ އެއްވެސް މައްސަލައެއް ދިމާވި ކަމަށް އެނގެން ނެތް ކަމަށް ދިރާސާ ޓީމަކުން ބުނެފި އެވެ.
ޖަރުމަނު މީހަކު ގަސްތުގައި 217 ފަހަރު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށާއި މިއީ މިހާތަނަށް އެންމެ ގިނައިން ކޮވިޑް ވެކްސިން ޖެހި މީހާ ކަމަށް ބެލެވޭއިރު އެ މީހާއަށް ވެކްސިންގެ ސަބަބުން ސިއްހީ އެއްވެސް މައްސަލައެއް ދިމާވި ކަމަށް އެނގެން ނެތް ކަމަށް ދިރާސާ ޓީމަކުން ބުނެފި އެވެ.
މެޑިކަލް ޖާނަލް، ލާންސިޓް އިންފެކްޝަސް ޑިޒީޒްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ އުމުރުން 62 އަހަރުގެ އެ މީހާގެ ދިފާއީ ނިޒާމު ފުރިހަމައަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މި މީހާގެ ނަމެއް އަދި އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
އެ މީހާ މިހާ ގިނައިން ވެކްސިން ޖެހީ ސިއްހީ މާހިރުން އެކަމާ ދެކޮޅަށް ލަފާ ދެމުން ދަނިކޮށް، އަމިއްލަ އަށް ބޭނުންވެގެން ކަމަށާއި މި ކޭސް އަށް ބަލައި އެއްވެސް މީހަކު މިހާ ގިނައިން ވެކްސިން ނުޖެހުމަށް ދިރާސާ ޓީމުން އިލްތިމާސްކުރި އެވެ.
އާދަޔާ ހިލާފަށް ގިނައިން ކޮވިޑް ވެކްސިން ޖެހި މީހާ، ދިރާސާކުރާ މީހުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ އައީ 2022 ވަނަ އަހަރު އެވެ. އޭރު އެ މީހާ ވަނީ 90 ފަހަރު އެ ވެކްސިން ޖަހައިފަ އެވެ. މި މީހާ އެހާ ގިނައިން ވެކްސިން ޖަހަމުން އައީ ވެކްސިން ފުރިހަމަކޮށްފައިވާ ކަމުގެ ލިޔުން ތަކުރާރުކޮށް ހޯދައި އެ ލިޔުންތައް ފޯޖްކޮށް، ވެކްސިން ޖަހަން ބޭނުން ނުވާ މީހުންނަށް ވިއްކުމުގެ ބޭނުމުގައި ކަމަށް ވެދާނެ ކަމަށް އެ ދުވަސްވަރު މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
މި ތުހުމަތާ އެކު އެ މީހާގެ މައްސަލަ ތަހުގީގުކުރި ނަމަވެސް މިހާތަނަށް ޕްރޮސިކިއުޓަރުން އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ނުއުފުލަ އެވެ. މައްސަލައިގެ ތަހުގީގުގައި ޕްރޮސިކިއުޓަރުން ވަނީ އެ މީހާ ނުވަ މަސް ތެރޭ 130 ފަހަރު ވެކްސިން ޖެހި ކަމުގެ ހެކި ހޯދައިފަ އެވެ.
އެކަމަކު މި މީހާ ބުނެފައިވަނީ ކޮވިޑް ވެކްސިންގެ ތަފާތު އަށް ވައްތަރެއްގެ ވެކްސިން 29 މަސް ދުވަހުގެ ރެރޭ 217 ފަހަރު ޖަހާފައި ވާނެ ކަމަށެވެ.
ދިރާސާގައި ބުނެފައިވަނީ ވެކްސިން ޖެހުމުގެ ސަބަބުން ކުރިމަތިވާ އެއްވެސް ސައިޑް އިފެކްޓެއް ވެސް ކުރިމަތިނުވާ ކަމަށް މި މީހާ ބުނެފައިވާ ކަމަށެވެ. -- އޭއެފްޕީ
5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ފަށައިފި
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ކޮވިޑް ވެކްސިންއާ ދެކޮޅަށް އޮސްޓްރިއާގައި މުޒާހަރާކުރަނީ
ވެކްސިން ނުޖަހާ މުވައްޒަފުން ޓެސްޓު ހެދުން ލާޒިމު
50 ޕަސެންޓު މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފި
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
މި ހަފުތާގައި ފިޔަވަޅުތަކަށް ލުއިދެނީ
ކޮވެކްސް: ކެނެޑާގެ އެހީ ރާއްޖެއަށް ވެސް ލިބޭނެ
ދެ ބްރޭންޑްގެ ދެ ޑޯޒް ޖެހުނީ އޮޅުމަކުން: އެޗްއީއޯސީ
60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ދެނީ