Roadha Mihaaru
ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވި މީހަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލީގައި ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވި މީހަކު ހައްޔަރުކޮށްފި

22 އޯގަސްޓް 2020

ގއ. ވިލިނގިލީގައި ހޯމް ކަރަންޓީނުގައި ހުރެފައި ހޯމް ކަރަންޓީނުގައި އަމަލުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ރަށު ތެރެއަށް ނުކުމެ އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގއ. ވިލިނގިލީގައި ހޯމް ކަރަންޓީނުގައި ހުރެފައި ހޯމް ކަރަންޓީނުގައި އަމަލުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ރަށު ތެރެއަށް ނުކުމެ އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހޯމް ކަރަންޓީނުގައި ހުރުމަށް ފަހު ރަށު ތެރެއަށް ނުކުމެ އުޅުނުކަމުގެ ތުހުމަތަށް ހައްުޔަރުކުރީ އުމުރުން 24 އަހަރުގެ ފިރިހެން ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާ 15 ދުވަހަށް ބަންދުކުރަން އެ ކޯޓުން ވަނީ އަމުރު ދީފަ އެވެ.

އެޗްޕީއޭގެ އުސޫލުގައި އޮންނަނީ މާލެއިން ރަށްރަށް ދާ މީހުން 14 ދުވަހަށް ހޯމް ކަރަންޓީނުވާން ޖެހޭ ގޮތަށެވެ. އެގޮތަށް ތިބޭ މީހުންގެ ކަރަންޓީނު ނިމޭނީ 14 ދުވަހަށް ފަހު ޓެސްޓް ކުރާ އިރު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާ ނަމަ އެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާތީ އެޗްޕީއޭގެ އެންގުންތަކާ ހިލާފުވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ އެވެ.