Roadha Mihaaru
ދޯންޏެއްގެ ބުރަފަތީގައި ޖެހި މީހަކު ޒަހަމްވެއްޖެ

ދޯންޏެއްގެ ބުރަފަތީގައި ޖެހި މީހަކު ޒަހަމްވެއްޖެ

25 އޯގަސްޓް 2020

ދޯންޏެއްގެ ބުރަފަތީގައި ޖެހިި މީހަކު މިއަދު ޒަހަމްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދޯންޏެއްގެ ބުރަފަތީގައި ޖެހިި މީހަކު މިއަދު ޒަހަމްވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ޒަހަމްވީ ގދ. ތިނަދޫ ކައިރިން މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއެއް ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ބުރަފަތީގައި ވަލެއް އޮޅުމުން، އެ ވާ ނައްޓަން އުޅުމުގެ ތެރޭގައި ބުުރަފަތީގައި ޖެހިގެން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފްގެ ޓްވީޓް

އެ ހާދިސާ ހިނގުމުން އެމްއެންޑީއެފްގެ ދެކުނު އޭރިއާގެ އެހީތެރިކަމާ އެކު ތިނަދު އަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ސިފައިން ބުންޏެވެ.