Roadha Mihaaru
30މީހުންނާއެކު ދަތުރުކުރި ލޯންޗެއްދިޔަވާތީ އެހީތެރިވަނީ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އެރުމުން އެހީތެރިވަނީ!

06 މެއި 2023

މާލެ އިން ދ. މީދު އަށް 30 މީހުންނާއެކު ފުރި ލޯންޗަކަށް ރާޅެއް އެރުމުގެ ސަބަބުން ދިޔަވާތީ، އެ އުޅަނދަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

މާލެ އިން ދ. މީދު އަށް 30 މީހުންނާއެކު ފުރި ލޯންޗަކަށް ރާޅެއް އެރުމުގެ ސަބަބުން ދިޔަވާތީ، އެ އުޅަނދަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އެ ލޯންޗުގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިބި ކަމަށެވެ. އެކަމަކު، ލޯންޗުގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް ސިފައިން ބުންޏެވެ.

އެ ލޯންޗަށް ރާޅެއް އެރީ އެމްއެންޑީއެފުން ބުނިގޮތުގައި ފ. ފީއަލިން ހަތް ނޯޓިކަލް މޭލު ބޭރުންނެވެ.

"ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފ. ފިލިޔެތޮ ރިސޯޓުން ދޯންޏެއް އަދި ފ. ފީއަލިން ވެސް ދޯންޏަކާއި ސްޕީޑް ބޯޓެއް ފުރައިފި. އަދި ކޯސްޓް ގާޑް ހާބަ ކްރާފްޓް ވެސް ދަތުރު ކުރަނީ،" އެމްއެންޑީއެފްގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ހާލުގައި ޖެހުނު މީހުން ތިބި ލޯންޗު މިހާރު ދަނީ މަގޫދޫ ކައިރިން އަތޮޅަށް ވަންނަން ދަތުރުކުރަމުންނެވެ.