Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

01 އޮކްޓޯބަރ 2022

އިންޑިއާގެ ޓުޓްކޮރިން އިން ފުރައިގެން ރާއްޖެ އަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ މިއަދު ފެނިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާގެ ޓުޓްކޮރިން އިން ފުރައިގެން ރާއްޖެ އަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ މިއަދު ފެނިއްޖެ އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނުނީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކޯސްޓް ގާޑުގެ "ހަކުރާ" ލޯންޗަށް މިއަދުގެ ހަވީރު 5:25 ހާއިރު ކަމަށެވެ.

އެ ބިދޭސީ ފިރިހެން މީހާ ފެނުނުއިރު ހޭވެރިކަމެއް ނެތެވެ. އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އައި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ބޯޓު އަޑިއަށް ދިއުމުން އޭގައި ތިބި ހަތް މީހުންގެ ތެރެއިން ހަ މީހުން ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ "އެމްވީ ބްރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ. އަޑިއަށް ދިޔައީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ދިވެހި ސިފައިން ނުބުނެ އެވެ.