Roadha Mihaaru
ހޯރަފުށީ އެއާޕޯޓުގެ ޓާމިނަލް ހަދަން އެމްޓީސީސީ އަށް

ހޯރަފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

27 އޯގަސްޓް 2020

ހއ. ހޯރަފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހއ. ހޯރަފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މި އެއްބަސްވުމުގެ ދަށުން އެއާޕޯޓުގެ ފަސިންޖާ ޓާމިނަލުގެ އިތުރުން ފަޔާ ބިލްޑިންގެ މަސައްކަތް ވެސް އެމްޓީސީސީ އިން ކުރާނެ އެވެ. އެ މަސައްކަތް ނިންމުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެމްޓީސީސީއަށް 80 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެމްޓީސީސީން ކުރި ޓްވީޓެއް--

މި މަޝްރޫއަށް 16،131،042.02ރ. ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ވެސް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. އެގޮތުން، އެ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި 842،200 އަކަ މީޓަރުގެ ބިން އެކުފުނިން ވަނީ ހިއްކައިފަ އެވެ. އަދި 1،120 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް އެކުންފުނިން ވަނީ ކޮށްފަ އެވެ.

އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި އެއާޕޯޓުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިމޭނެ އެވެ. މި ޕްރޮޖެކްޓަށް ޖުމްލަ 198 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވެ އެވެ.