26 އޮކްޓޯބަރ 2016
ސިޔާސީ މަސްރަހުގައި އެންމެންގެ ލޯ މިހާރު އަމާޒުވެފައި މި ވަނީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެމެދު އުފެދިގެން މި އުޅޭ މައްސަލަ އަށެވެ. ދެބެއިންގެ ހިޔާލުތަފާތުވުންތަކުގައި ޕާޓީ ދެ ފަޅިކޮށް އެތައް ކަމެއް އެބަ ހިނގަ އެވެ. މި ކޯޅުންގަނޑުގެ ތެރޭގައި ޝައުގުވެރި އެހެން މަންޒަރެއް ވެސް އެބަ ފެނެ އެވެ. އެއީ، ރައީސް މައުމޫންގެ ދަރިކަލުން، ޣައްސާން މައުމޫން މި އުޅުއްވާ ގޮތެވެ.
ސިޔާސީ މަސްރަހުގައި އެންމެންގެ ލޯ މިހާރު އަމާޒުވެފައި މި ވަނީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެމެދު އުފެދިގެން މި އުޅޭ މައްސަލަ އަށެވެ. ދެބެއިންގެ ހިޔާލުތަފާތުވުންތަކުގައި ޕާޓީ ދެ ފަޅިކޮށް އެތައް ކަމެއް އެބަ ހިނގަ އެވެ. މި ކޯޅުންގަނޑުގެ ތެރޭގައި ޝައުގުވެރި އެހެން މަންޒަރެއް ވެސް އެބަ ފެނެ އެވެ. އެއީ، ރައީސް މައުމޫންގެ ދަރިކަލުން، ޣައްސާން މައުމޫން މި އުޅުއްވާ ގޮތެވެ.
ޕީޕީއެމްގައި މައުމޫންގެ ބާރުތައް ރައީސް ޔާމީން ނަންގަވައި ޕާޓީ ދެ ފެކްޝަނެއްގެ ގޮތުގައި ހިންގަމުން ދާއިރު، ބައްޕާފުޅު، މައުމޫން ރިޔާސަތު ބަލަހައްޓަވާ ކައުންސިލް ބައްދަލުވުންތަކުގައި ޣައްސާން ބައިވެރިވެވަޑައިގަންނަވަ އެވެ. ހަމައެއާ އެކު، ބޮޑުބޭބޭފުޅު، ރައީސް ޔާމީން ބާއްވަވާ ކައުންސިލް ބައްދަލުވުންތަކުގެ ކުރީ ސަފުގައި ވެސް، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޣައްސާން އިންނަވަ އެވެ. މިއީ، ޕީޕީއެމްގެ އެހެން އެއްވެސް ކައުންސިލް މެމްބަރެއްގެ ފަރާތުން ފެންނަ ކަމެއް ނޫނެވެ. އެހެންކަމުން، ޣައްސާން މި ހުންނެވީ ކޮން ފަޅިއެއްގައިތޯ ސުވާލު ކުރާ އެތައް ބަޔަކު އެބަތިއްބެވެ. ޚުދު އެ ސުވާލު ޣައްސާންގެ އާއިލާ އާ ވެސް ކުރެވެ އެވެ.
ދެ ފެކްޝަނުގެ ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމާ ގުޅޭގޮތުން ޣައްސާންގެ ބަހެއް ނުލިބުނެވެ. ފޯނަށް ޖަވާބު ނުދެއްވާއިރު، މި ލިއުމަށް ކޮމެންޓެއް ދެއްވަން އެދި "މިހާރު" އިން ކުރި އެސްއެމްއެސް އަށް ވެސް ޖަވާބެއް ނުދެއްވި އެވެ. އަދި އޭނާ ވިސްނުން ގެންގުޅުއްވާ ގޮތާ މެދު މިހާތަނަށް މީޑިއާގައި ވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި ޣައްސާން (ވ-2) - ފޮޓޯ: ނިހާން/ޓުވިޓާ
މައުމޫންގެ ފެކްޝަނުން ވެސް، ޣައްސާނާ ގުޅޭގޮތުން، ރަސްމީކޮށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ.
އެކަމަކު އާއިލާއާ ގާތް ގުޅުން އޮންނަ ބައެއް މީހުން "މިހާރު" އަށް ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ޣައްސާންގެ ނިންމެވުންތަކާ މެދު އާއިލާ އިން ސުވާލުކޮށެއް ނުހަދަ އެވެ. އެހެން ނަމަވެސް ބައްޕާފުޅަށް، އިންސާފު ނުލިބިދާ ކަމަށް އެއްބަނޑު އެއްބަފާ އެހެން ބޭފުޅުން ގަބޫލުކުރައްވާއިރު ޣައްސާންގެ ވިސްނުން ގެންގުޅުއްވަނީ ކޮންގޮތަކަށްތޯ އާއިލާގެ ބައެއް މެމްބަރުން ސުވާލު އުފައްދާ ކަމަށް ވެ އެވެ.
"ޣައްސާން އާއި ރައީސް މައުމޫން އަދި އާއިލާގެ އެހެން ބޭފުޅަކާ ވެސް އެއްވެސް މައްސަލައެއް ނެތް. އެކަން އެނގިގެން ދެއްތޯ އެ ދަނީ ކައުންސިލް ހުރިހާ ޖަލްސާތަކެއްގައި ބައިވެރިވެވަޑައިގެން، ހުރިހާ އެއްބާރުލުމެއް ދެއްވާ. މައްސަލައެއް އޮތް ނަމަ ވަޑައެެއްނުގަތީސް ދެއްތޯ؟" އާއިލާއާ ވަރަށް ގުޅުން އޮތް ބޭފުޅަކު ވިދާޅުވި އެވެ.
މައުމޫން ފެކްޝަނުގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޣައްސާން ވިސްނުން ގެންގުޅުއްވަނީ ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށެވެ.
އެ ވާހަކަ އަށް ބާރު ލިބެނީ ރައީސް ޔާމީނާއި އެ މަނިކުފާނާ އެކު ތިއްބެވި ބޭފުޅުން ޣައްސާންއާ މެދު ދައްކަވާ ވާހަކަތަކުންނެވެ.
މައުމޫން ރިޔާސަތު ބަލަހައްޓަވައި ރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު މެމްބަރުން ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: ޕީޕީއެމް
މިދިޔަ ހަފުތާގައި ދަރުބާރުގޭގައި ބޭއްވި ހަފުލާގައި، ޣައްސާނަކީ ސިޔާސީ މުސްތަގުބަލެއް އޮތް ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާ އަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. ދެން އެންމެ އަވަހަށް އޮންނަ މަޖިލިސް އިންތިހާބުގައި "ކޮންމެވެސް ރަނގަޅު ދާއިރާއަކުން ޣައްސާން މަޖިލީހަށް އެތެރެ ކުރާނަން" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވުމާ އެކު، ތުލުސްދޫ ދާއިރާ އަށް ޣައްސާން ހޮވުމުގެ ކެމްޕޭން، ރައީސް ޔާމީން ފެކްޝަނުން ވަނީ ފަށައިފަ އެވެ. ސޯޝަލް މީޑިއާގައި އޭނާ ޕްރޮމޯޓްކުރަމުން އެބަދެ އެވެ.
K.thulusdhoo dhaairaa ah 2019 ga enme gaabil beyfulhakah vaany Gassan Maumoon kamaa medhu shakkeh nukuran#Ghassan2019 #ThulusdhooDhaairaa pic.twitter.com/DmaVYKGoCO
— Ahmed Shafeeg (@Shappey4439) October 25, 2016
ތުލުސްދޫ ދާއިރާ އަށް ޣައްސާން ހޮވަން ސޯޝަލްމީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓެއް.
އެ ދާއިރާގެ މެމްބަރަކަށް މިހާރު ހުންނެވީ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ. ރައީސް މައުމޫން ފަޅީގައި ހުންނެވި ވަހީދު ގެންދަވަނީ، ރައީސް ޔާމީނަށް ޕާޓީ ހިންގެވުމުގެ އިހްތިޔާރު ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ، މައުމޫނަށް ކުރިމަތިވާ ހުރިހާ ފާޑުކިޔުންތަކެއް ދިފާއުކުރައްވަމުންނެވެ.
މައުމޫންގެ ބާރުތައް ރައީސް ޔާމީން ނެންގެވި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ ކޯޓުން ކޮންމެ ގޮތަކަށް ނިންމިއަސް، ދެ ބޭފުޅުންގެ އަމަލުފުޅުތަކަށް ބަލާއިރު ރައީސް ޔާމީނާއި މައުމޫން އެއް އޮޑިއަކަށް ދެން އެރުއްވުމަކީ ވުން ދުރު ކަމެކެވެ. މައުމޫން ވަކި ގޮތެއް ނިންމަވާ ހިސާބުން ޣައްސާން ވެސް ވަކި ކޮޅެއް ނަންގަވަން މަޖުބޫރުވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޕާޓީގެ ކުރިމަގު ބައްޓަންކުރާ ގޮތަކުން، ޣައްސާން ވިސްނުން ގެންގުޅުއްވާ ގޮތް ވެސް އާއްމުންނާ ހަމައަށް ތިލަވާނެ ކަމަށް ބެލެވެ އެވެ.
ޣައްސާން ވަޑައިގަތީ ރައީސް ޔާމީންގެ ކައުންސިލަށް!
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ވަކިކުރި ކަމަށް ބުނީ ދަންނަ ބައެއް ނޫން: ނިހާން
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރި މައްސަލާގައި ކޯޓަށް
ފުރަތަމަ ތިބީ އަޅާނުލާ، ދެން ފެށީ ތަހުގީގެއް!
ދައުވަތުގައި އިހުލާސްތެރިކަން އެބަ ހުރިތަ؟
ޖަލްސާ އަށް ދާން މަޖުބޫރުކޮށް، އިންޒާރު ދެނީ!
ފާރުގައި ހުރި ހުތުރު ބަސްތަކުން މައުމޫނަށް އަސަރުކޮށްފި
"އަސްލު" ޖަލްސާ ރައީސް ޔާމީންގެ ފެކްޝަނުން ބާއްވަނީ