Roadha Mihaaru
ޣައްސާން ވަޑައިގަތީ ރައީސް ޔާމީންގެ ކައުންސިލަށް!

ދެ ކައުންސިލް އެއް ވަގުތެއްގައި، ޣައްސާން ވަޑައިގަތީ ރައީސް ޔާމީންގެ ކައުންސިލަށް!

31 އޮކްޓޯބަރ 2016

ރައީސް އަބްދުﷲ ޔާމީން ފެކްޝަނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަނުން މިރޭ އެއް ވަގުތެއްގައި ކައުންސިލް ބައްދަލުވުން ބޭއްވިއިރު، އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުން ދަރުބާރުގޭގައި ކުރިއަށް ގެންދިޔައިރު މައުމޫންގެ ބައްދަލުވުން އޮތީ އެންދެރިމާގޭގެ އެވެ. ކައުންސިލް ބައްދަލުވުމުގައި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޣައްސާން އިންނަވަނިކޮށް، ޔާމީން ފެކްޝަނުން ވަނީ ފޮޓޯ އާއްމުކޮށްފަ އެވެ.

ޕީޕީއެމް ދެ ފަޅިކޮށް، ވަކިވަކިން ކައުންސިލް ބާއްވަމުންދާއިރު، މީގެކުރިން ދެ ކައުންސިލްގެ ބައްދަލުވުންތަކުގައި ވެސް ޣައްސާން ބައިވެރިވެވަޑައިގަންނަވަ އެވެ. އެހެންވެ ބައްޕާފުޅާއި ބޭބޭފުޅުގެ ހިޔާލު ތަފާތުވުންތަކުގައި، އޭނާ ހުންނެވީ ކޮން ފަޅިއެއްގައިތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

މައުމޫން ފެކްޝަނުން ޕީޕީއެމް އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމެއް ނިންމާލުމަށްފަހު ޕީޕީއެމްގެ ރައީސް މައުމޫން، ނިކުމެވަޑައިގަންނަވާއިރު ޣައްސާން އަރިހުގައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މައުމޫން ފެކްޝަނުން ޕީޕީއެމް އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމެއް ނިންމާލުމަށްފަހު ޕީޕީއެމްގެ ރައީސް މައުމޫން، ނިކުމެވަޑައިގަންނަވާއިރު ޣައްސާން އަރިހުގައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އެއްބަނޑު އެއްބަފާ އެހެން ބޭފުޅުން، ބައްޕާފުޅާ އެކު ކައުންސިލް ބައްދަލުވުމުގައި މިރޭ ބައިވެރިވެވަޑައިގެންނެވިއިރު ޣައްސާން މި އަމަލުކުރެއްވި ގޮތުން އޭނާ ހުންނެވީ ރައީސް ޔާމީން ފަޅީގައި ކަމަށް ބެލެވިދާނެ އެވެ. އެއީ އެއް ވަގުތެއްގައި ކައުންސިލް ބައްދަލުވުން އޮއްވައި، ޔާމީން ފެކްޝަނަކަށް ވަޑައިގަތުމުންނެވެ.

އެކަމަކު ޕާޓީގައި އުފެދިެގެން އުޅޭ މައްސަލާގައި ޣައްސާން ވިސްނުން ގެންގުޅުއްވާ ގޮތެއް މިހާތަނަށް އޭނާ ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެ އެވެ.

ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވިކަން މައުމޫން އިއުލާންކުރެއްވި ހަފުލާގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ. ޕާޓީގެ ފަސް ވަނަ އަހަރީ ޖަލްސާ ޕީޕީއެމް އޮފީހުގައި ބާއްވަން ޖާގަ ނުދީ، ފުލުހުން ލައްވައި ހުރަސްއެޅުމުގެ ކަންބޮޑުވުން ފާޅުކުރައްވައި މައުމޫން ވާހަކަފުޅު ދެއްކެވިއިރު އެމަނިކުފާނުގެ ކައުންސިލަށް ނިސްބަތްވެވަޑައިގަންނަވާ ހުރިހާ މެމްބަރުން އަރިހުގައި ތިއްބެވި ނަމަވެސް ޣައްސާން އިންނެވީ މަންމާފުޅު، ނަސްރީނާ އިބްރާހީމާ އެކު ދުރުގައި އައްޑުއައްސަވާށެވެ.

ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވިކަން މައުމޫން އިއުލާން ކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޣައްސާން ވަނީ އެތަނުން ނިކުމެވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހު ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި މައުމޫން ބައިވެރިވެވަޑައިގަންނަވާއިރު ކައުންސިލް މެމްބަރުން އަރިހުގައި: --ފޮޓޯ: މުހައްމަދު ޝަރުހާން

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހު ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި މައުމޫން ބައިވެރިވެވަޑައިގަންނަވާއިރު ކައުންސިލް މެމްބަރުން އަރިހުގައި: --ފޮޓޯ: މުހައްމަދު ޝަރުހާން

މައުމޫން ފެކްޝަނުގެ ބައެއް ބޭފުޅުން ކުރިން ވިދާޅުވެފައިވާ ގޮތުގައި ޣައްސާން ވިސްނުން ގެންގުޅުއްވަނީ ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށެވެ. ސިޔާސީ ގޮތުން ޣައްސާންގެ ނިންމެވުންތަކާ މެދު އާއިލާ އިން ސުވާލުކޮށެއް ނުހަދާ ކަަމަށް ވެ އެވެ.

ޕީޕީއެމް ދެ ފަޅިކޮށް ހިންގަން ފެށި ފަހުން، ދަރުބާރުގޭޣައި ބޭއްވި ހަފުލާއެއްގައި ޣައްސާނަކީ ސިޔާސީ މުސްތަގުބަލެއް އޮތް ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާ އަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. ދެން އެންމެ އަވަހަށް އޮންނަ މަޖިލިސް އިންތިހާބުގައި "ކޮންމެވެސް ރަނގަޅު ދާއިރާއަކުން ޣައްސާން މަޖިލީހަށް އެތެރެ ކުރާނަން" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވުމާ އެކު، ތުލުސްދޫ ދާއިރާ އަށް ޣައްސާން ހޮވުމުގެ ކެމްޕޭން، ރައީސް ޔާމީން ފެކްޝަނުން ވަނީ ފަށައިފަ އެވެ. ސޯޝަލް މީޑިއާގައި އެ ކެމްޕޭން ކުރިއަށް އެބަގެންދެ އެވެ.