Roadha Mihaaru
ހަތް ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހަތް ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

30 އޯގަސްޓް 2020

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މިއަދު ބުނެފި އެވެ.

މިދިޔަ އާދިއްތަ ދުވަހުން މިއަދާ ހަމަ އަށް ހުޅުމާލެ ޖަލާއި ހުޅުމާލެ ޑިޓެސްޝަން ސެންޓަރުން ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ހާމަކޮށް ކަރެކްޝަންސް އިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ 10 އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ނެގިއިރު އެ އެންމެންގެ ނަތީޖާ ވެސް ނެގެޓިވް ކަމަށެވެ.

ޕޮޒިޓިވްވެފައި ވަނީ މިހާތަނަށް ޓެސްޓް ކުރި 41 ގައިދީއެއްގެ ތެރެއިން ހަތް މީހެކެވެ. އޭގެ ތެރެއިން 19 މީހުން ނެގެޓިވް ކަމަށާއި 15 މީހެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވަނީ ބުނެފަ އެވެ.

ކަރެކްޝަންސުން އާއްމު ކުރި ތަފާސް ހިސާބު

ރާއްޖޭން ފުރުވާލެވެންދެން ބިދޭސީން ބައިތިއްބާ ޑިޓެންޝަން ސެންޓަރުން ސާމްޕަލް ނެގި 31 މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 16 މީހަކު ނެގެޓިވް ކަމަށާއި 10 މީހެއްގެ ނަތީޖާ އަދި ނުލިބެ ކަމަށް ވެސް ބުންޏެވެ.

އިއްޔެގެ ހަވީރު 6:00 އާ ހަމަ އަށް ރާއްޖޭން 7,578 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރޭގައި ދިވެހިންގެ އަދަދަކީ 4،653 އެވެ.