01 ސެޕްޓެމްބަރ 2020
ސައޫދީ އަރަބިއްޔާގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގައި ހޭދަކުރެއްވި އަގުބޮޑު ޗުއްޓީއާ ބެހޭ ބައެއް ސިއްރުތައް މުހައްމަދާ ބެހޭ ގޮތުން ލިޔުނު ފޮތެއްގައި ހާމަކޮށްފި އެވެ.
ސައޫދީ އަރަބިއްޔާގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގައި ހޭދަކުރެއްވި އަގުބޮޑު ޗުއްޓީއާ ބެހޭ ބައެއް ސިއްރުތައް މުހައްމަދާ ބެހޭ ގޮތުން ލިޔުނު ފޮތެއްގައި ހާމަކޮށްފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ މަޝްހޫރު ދެ ނޫސްވެރިން ކަމަށްވާ ޖަސްޓިން ޝެކް އަދި ބްރެޑްލީ ހޯޕް ލިޔުނު "ބްލަޑް އެންޑް އޮއިލް: މުހައްމަދު ބިން ސަލްމާންސް ރޫތުލެސް ކުއެސްޓް ފޯ ގްލޯބަލް ޕަވަ" ފޮތުގައި ރާއްޖޭގެ ވެލާ ރިސޯޓްގައި މުހައްމަދު ހޭދަކުރެއްވި ޗުއްޓީގެ ވާހަކަ ވަރަށް ބޮޑަށް ގެނެސްދީފައިވެ އެވެ. މި ފޮތް މިއަދު ވަނީ ބައިނަލްއަގުވާމީ ބާޒާރަށް ނެރެފަ އެވެ.
އުމުރުފުޅުން 29 އަހަރުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވުމަށް މުހައްމަދު ވަޑައިގަތީ މެދުއިރުމަތީގެ ގައުމުތަކުން އޭނާގެ އެކުވެރި އެހެން ބައެއް ބޭފުޅުންނާ އެކުގައި ކަމަށް ފޮތުގައި ބުނެފައިވެ އެވެ. މިއީ އެހާ ގިނަ ބައެއް ނޫން ކަމަށާއި އެކަމަކު ޗުއްޓީ އަށް ވަޑައިގެންނެވި ބޭފުޅުންގެ ހިދުމަތަށް ބްރެޒިލް އާއި ރަޝިޔާ އާއި އެހެން ބައެއް ގައުމުތަކުން 150 އަށް ވުރެ ގިނަ މީހުން ވެލާ އަށް ގެންދިޔަ ކަމަށް ވަނީ ބުނެފަ އެވެ.
މުހައްމަދު ދިރިއުޅުއްވުމާއި އާދަތަކާ ބެހޭ އެތައް ވާހަކައެއް ހިމެނޭ ފޮތުގައި "ދުނިޔޭގެ އެންމެ ލަގްޒަރީ އަދި އެންމެ އަގުބޮޑު" ތަންތަނުގެ ތެރޭގައި ހިމެނޭ ވެލާގެ ރީތިކަމާއި ހިތްގައިމުކަން ސިފަކޮށްދެމުން ބުނެފައިވަނީ އެއީ "ޕްރިންސަކަށް އެންމެ އެކަށީގެންވާ ޗުއްޓީއެއް" ކަމަށެވެ.
އެމްބީއެސްގެ ނަމުން މަޝްހޫރު ވެފައިވާ މުހައްމަދުގެ ޗުއްޓީ އަށް މުޅި ރިސޯޓް އެއްކޮށް ނެންގެވިކަން ފާހަގަކޮށް ފޮތުގައި ބުނެފައި ވަނީ މި ޗުއްޓީ އަށް 50 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ. އިތުރު ފަރާތަކުން ކަށަވަރު ކުރެވެން ނެތް މި މައުލޫމާތާ އެކު ބުނެފައިވަނީ ރިސޯޓްގައި އޭރު 300 މުވައްޒަފުން އުޅޭ ކަމަށާއި ޕްރިންސްގެ ޗުއްޓީ ތެރޭގައި ލިބުނު ޓިޕްސްގެ އިތުރުން ކޮންމެ މުވައްޒަފަކަށް 5،000 ޑޮލަރުގެ ބޯނަހެއް ވެސް ލިބޭނެ ކަމަށެވެ.
"މިއީ އެހެން ނޫނީ އާންމު ގޮތެއްގައި މަހަކު 1،000-1،200 ޑޮލަރުގެ މުސާރަ ލިބޭ މުވައްޒަފުންނެވެ." ރާއްޖޭގައި މުވައްޒަފުންނަށް އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ އެއް ރިސޯޓްގެ ގޮތުގައި ބެލެވިފައިވާ ވެލާގެ މުވައްޒަފުންނާ ބެހޭ ގޮތުން ލިޔެފައިވެ އެވެ.
މުވައްޒަފުންނަށް ޕްރިންސްގެ ފަރާތުން ބޮޑު އިނާޔަތެއް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ޗުއްޓީއާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އާންމު ނުވުން ކަމަށާއި އެކަން ކާމިޔާބު ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސިއްރު ހިފެހެއްޓުން މުވައްޒަފުންނަށް ހަރުކަށިކޮށް އަންގައި، މިކަން އިތުރަށް ޔަގީންކުރުމަށްޓަކައި މުވައްޒަފުން ސްމާޓްފޯން ގެންގުޅުން ވެސް އޮތީ، ފޮތުގައިވާ ގޮތުން، މަނާކޮށްފަ. އެކަމަކު މުވައްޒަފުންނަށް މުއާސަލާތުކުރަން ޖެހޭތީ ކޮންމެ މީހަކަށް ދީފައި އޮތީ ނޮކިއާ 3310 މަރުކާގެ، ބައްތި ފޯނު.
ސިއްރު ހިފެހެއްޓުން މުވައްޒަފުންނަށް ހަރުކަށިކޮށް އަންގައި، މިކަން އިތުރަށް ޔަގީންކުރުމަށްޓަކައި މުވައްޒަފުން ސްމާޓްފޯން ގެންގުޅުން ވެސް އޮތީ، ފޮތުގައިވާ ގޮތުން، މަނާކޮށްފަ އެވެ. އެކަމަކު މުވައްޒަފުންނަށް މުއާސަލާތުކުރަން ޖެހޭތީ ކޮންމެ މީހަކަށް ދީފައި އޮތީ ނޮކިއާ 3310 މަރުކާގެ (ބައްތި ފޯނު) ކަމަށްވެ އެވެ. ސިއްރު ހިފެހެއްޓުމަށް ކަނޑައެޅި އުސޫލުތަކާ ހިލާފުވެގެން ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ދުނިޔޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ ޕިޓްބުލް އާއި ގަންނަމް ސްޓައިލް ލަވަ ކިޔައިގެން މަޝްހޫރުވި ކޮރެއާގެ ރެޕާ ސައި އަދި ޑީޖޭ އަފްރޯޖެކް ވެސް މުހައްމަދާއި އެކުވެރިންގެ މުނިފޫހިފިލުވުމަށް ގެނައި ކަމަށް ލިޔެފައިވެ އެވެ. މީގެ އިތުރުން ޖެނިފާ ލޮޕޭޒް އާއި ޝަކީރާ ވެސް ބައިވެރިވިކަން "ޕްރައިވެޓް އައިލެންޑް ނިއުސް" އިން ބުނެފައިވެ އެވެ.
ބޮޑު ސަމާލުކަމެއް ލިބިފައިވާ ފޮތުގައިވާ ގޮތުން، މިއުޒީޝަނުން ޝޯތައް ދިން އިރު، މުހައްމަދު ވެސް ސްޓޭޖަށް އަރުވައި ޑީޖޭ ކުޅުއްވައި ލަވަ ވިދާޅުވި އެވެ.
ރިސޯޓްގެ މުވައްޒަފުން އަބަދު ހިދުމަތުގައި ތިބި ނަމަވެސް ބައެއް ހިދުމަތްތައް ހޯދުމުގައި މުހައްމަދު ބޭނުންކުރައްވަނީ އަމިއްލަފުޅު މުވައްޒަފުން ކަމަށްވެ އެވެ.
ނޫސްވެރިކަމުގެ ރޮނގުން އެކި އެވޯޑްތައް ހާސިލްކޮށްފައިވާ ދެ ނޫސްވެރިން ލިޔެފައިވާ ގޮތުގައި، މި އަގުބޮޑު ދަތުރުގެ ވާހަކަ ސިއްރުވެފައި އޮތީ ހަފުތާއަކަށް ވުރެ ވެސް ކުޑަ ދުވަސްކޮޅަކަށެވެ. ރާއްޖޭގެ ބޮޑު ނޫހެއްގައި މުހައްމަދުގެ ޗުއްޓީގެ ވާހަކަ ޖެހުމާ އެކު އަވަހަށް ވަޑައިގަތީ ކަމަށާއި އަގު ދީގެން ރިސޯޓަށް ގެންދިޔަ އެހެން މީހުން ވެސް އޭގެ ފަހުން ފުރުވާލި ކަމަށް ބުނެފައިވެ އެވެ.
ރެޑްސީ ޕްރޮޖެކްޓުން ރާއްޖެއަށް ގެއްލުމެއް ނެތް: ވަހީދު
ވެލާގެ ސާވިސް ޗާޖު: މުވައްޒަފަކަށް 72،000ރ.
ދިވެހިންނަށް ވިސާއާ ނުލައި ސައުދީއަށް ދެވޭނެ
ހިމިތި އާއި ފ. އަތޮޅަށް ދެން "އިރެއް ނާރާނެ"!
ސައުދީގެ ޓޫރިޒަމް މިނިސްޓަރާ ރައީސް މަޝްވަރާކުރައްވައިފި
ސާވިސް ޗާޖަށް ހަތަރު ރިސޯޓަކުން 30،000ރ.
ސައޫދީގެ އަސީރް ސަރަހައްދީ ޓޫރިޒަމަށް ތަރައްގީކުރަނީ
ސަލްމާން މިސްކިތް ހުޅުވަން ވަލީއަހުދު ރާއްޖެއަށް
ވެލާއިން ސާވިސް ޗާޖުގެ ގޮތުގައި 3،000 ޑޮލަރު
ސައުދީ ރަސްގެފާނުގެ ހާއްސަ ޔޮޓްކޮޅު ރާއްޖެެއަށް