Roadha Mihaaru
އެލްޖީން ނެރޭނީ ދެ ސްކްރީން ލީ ފޯނެއް؟

އެލްޖީން ނެރޭނީ ދެ ސްކްރީން ލީ ފޯނެއް؟

03 ސެޕްޓެމްބަރ 2020

ފަތްޖެހޭ ފޯނުގެ ރޭހުގައި އުޅޭ ކުންފުނިތައް މިހާރު މަދެއް ނޫނެވެ. މިކަން ފުރަތަމަ ހަގީގަތަކަށް ހަދައި އާންމުންނާ ހަމަށް އެ ޒާތުގެ ފޯނު ގެނެސްދިން ފުރަތަމަ ކުންފުނީގެ ޝަރަފު ހޯދީ ސްމާޓް ފޯނުގެ ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމަށްވާ ދެކުނު ކޮރެއާގެ ސެމްސަންގެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަތްޖެހޭ ފޯނުގެ ރޭހުގައި އުޅޭ ކުންފުނިތައް މިހާރު މަދެއް ނޫނެވެ. މިކަން ފުރަތަމަ ހަގީގަތަކަށް ހަދައި އާންމުންނާ ހަމަށް އެ ޒާތުގެ ފޯނު ގެނެސްދިން ފުރަތަމަ ކުންފުނީގެ ޝަރަފު ހޯދީ ސްމާޓް ފޯނުގެ ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމަށްވާ ދެކުނު ކޮރެއާގެ ސެމްސަންގެވެ.

އަނެއްކާ ސްމާޓް ފޯނުގެ ތެރެއަށް އާ ބޮޅެއް އިތުރުވަނީ އެވެ. މި ފަހަރު މިއަކަށް ފަތްޖެހޭ ފޯނެކޭ ނުކިޔަ އެވެ. ދެކުނު ކޮރެއާގެ އެލްޖީ އިލެކްޓްރޯނިކްސް އިން ދިނީ ދެ ސްކްރީނު ލީ ފޯނެއް ނެރެން އުޅޭ ކަމަށެވެ.

މި މަހުގެ 14 ގައި ހާއްސަ އިވެންޓެއް ބާއްވަން ތައްޔާރުވަމުން އަންނަ އިރު މިކަމާ ގުޅުވައިގެން އާންމުކުރި ވީޑިއޯއެއްގައި ވަނީ މި ބުނާ ދެ ސްކްރީނު ލީ ފޯނު ޒާތަކަށް ދައްކާލައިފަ އެވެ. އޭގައި "ޓީ" އަކުރު ބައްޓަމަށް ވެސް ފޯނު ދައްކައިލަ އެވެ.

މީގެ މާ ބޮޑު ތަފުސީލެއް އަދި ނެތެވެ. އެކަމަކު ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެލްޖީން ނެރެން އުޅޭ ދެ ސްކްރީން ލީ ފޯނަކީ އޭގެ ސިފަ ރަމްޒުކޮށްދޭ ގޮތަށް "ވިންގް" ކިޔާ ޑިވައިސް އަކީ އެއް ސްކްރީނުގެ ދަށުގައި އަނެއް ސްކްރީން އިންނަ އަދި 90 ޑިގްރީ އަށް އަނބުރައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.

މި މަހުގެ 14 ވަނަ ދުވަހު ބާއްވާ އިވެންޓާ ގުޅޭ ގޮތުން އެލްޖީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ދުވަހު ކުންފުނީގެ އާ އުފެއްދުންތަކެއް ދައްކައިލާނެ އެވެ. އެގޮތުން މޮބައިލް ފޯނު އިންޑަސްޓްރީ އަށް ތަފާތެއް ގެނުވައިދޭނެ އުފެއްދުމެއް ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އުފެއްދުންތެރި އާ ހިޔާލުތަކާއި ފަރުމާތަކަށް އަބަދު ވެސް އިސްކަންދޭ ކަމަށް އެލްޖީން ބުންޏެވެ.