Roadha Mihaaru
ރާއްޖޭގެ އިންފްލޭޝަން 2.81 ޕަސެންޓަށް އުފުލިއްޖެ

ރާއްޖޭގެ އިންފްލޭޝަން 2.81 ޕަސެންޓަށް އުފުލިއްޖެ

09 ސެޕްޓެމްބަރ 2020

މި އަހަރުގެ ޖުލައި މަސް ނިމުނު އިރު ރާއްޖޭގެ އިންފްލޭޝަން ރޭޓު 2.81 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި އަހަރުގެ ޖުލައި މަސް ނިމުނު އިރު ރާއްޖޭގެ އިންފްލޭޝަން ރޭޓު 2.81 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) ރިޕޯޓު ދައްކާ ގޮތުުގައި މިއީ ޖޫން މަހާ އަޅާބަލާއިރު 2.4 ޕަސެންޓުގެ އިތުރުވުމެކެވެ. ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުރީ މައިނަސް 0.41 ޕަސެންޓުގަ އެވެ.

މަހުގެ އަގުތަކަށް އައި ބަދަލު ނުލައި ބަލައިފި ނަމަ ޖުލައި މަހުގެ އިންފްލޭޝަން ރޭޓް ހުރީ 2.28 ޕަސެންޓުގަ އެވެ. ނަމަވެސް މި އަދަދު މިދިޔަ ޖޫން މަހު ހުރީ މައިނަސް 0.23 ޕަސެންޓުގަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހުގެ އިންފްލޭޝަން ވަނީ މައިނަސް 1.10 ޕަސެންޓު ދަށްވެފަ އެވެ.

ޖުލައި މަހުގެ ނިޔަލަށް އަގު އުފުލިފައިވާ ބައިތައް

- ކަރަންޓު، 66.67 ޕަސެންޓު.

- ފެން، 42.86 ޕަސެންޓު.

- މުވާސަލާތީ ހިދުމަތްތައް، 6.27 ޕަސެންޓު.

- ދުންފަތް، 3.94 ޕަސެންޓު.

- ތަރުކާރީ، 1.84 ޕަސެންޓު.

- ފަށާ ތައުލީމާއި އިބްތިދާއީ ތައުލީމު، 6.08 ޕަސެންޓު.

- ސާނަވީ ތައުލީމު، 5.51 ޕަސެންޓު..

- ހޮޓާ، ކެފޭ، ރެސްޓޯރެންޓް، 0.18 ޕަސެންޓު.

- އިންޓަނެޓް، 0.66 ޕަސެންޓު،

- ބިހާއި ކިރު ފަދަ ތަކެތި، 0.19 ޕަސެންޓު.

ޖުލައި މަހުގެ ނިޔަލަށް އަގު ދަށްވެފައިވާ ބައިތައް

- މޭވާގެ ބައި، 4.05 ޕަސެންޓު.

- މަސް، 0.93 ޕަސެންޓު.

- ގޭގެކުލި، 0.22 ޕަސެންޓު.

- އެއްގަމު މަސް، 1.07 ޕަސެންޓު.

- މުވާސަލާތީ ހިދުމަތްތައް، 12.07 ޕަސެންޓު.

- ކާބޯތަކެތީގެ ބައި، 0.61 ޕަސެންޓު.

ރާއްޖޭގެ އިންފްލޭޝަން ރޭޓު އުފުލިފައިވާއިރު ޑޮލަރުގެ އަގު އުފުލި ބާޒާރުގައި ތަކެތީގެ އަގު ވެސް ވަނީ ބޮޑުވެފަ އެވެ. ޑޮލަރު ތާށިވެ މުދަލުގެ އަގު 20-25 ޕަސެންޓަށް އުފުލިފައިވާ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.