Roadha Mihaaru
މާސްގައި މަރުވުމަކީ ޝަރަފެއް: އީލޮން މަސްކް

މާސްގައި މަރުވުމަކީ ޝަރަފެއް: އީލޮން މަސްކް

10 ސެޕްޓެމްބަރ 2020

މާސް އަށް ދާނެ ގޮތަކާ ބެހޭ ގޮތުން ސުވާލުކުރުމަކީ މިހާރު މުހިންމު ކަމެއް ނޫން ކަމަށް އީލޮން މަސްކް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު މުހިންމީ މާސްގައި ދެމިތިބޭނެ ގޮތަކާ ބެހޭ ގޮތުން ސުވާލުކޮށް މަޝްވަރާކުރުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މާސް އަށް ދާނެ ގޮތަކާ ބެހޭ ގޮތުން ސުވާލުކުރުމަކީ މިހާރު މުހިންމު ކަމެއް ނޫން ކަމަށް އީލޮން މަސްކް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު މުހިންމީ މާސްގައި ދެމިތިބޭނެ ގޮތަކާ ބެހޭ ގޮތުން ސުވާލުކޮށް މަޝްވަރާކުރުމެވެ.

"ހިއުމަން ޓު މާސް" ސަމިޓްގައި ވާހަކަދައްކަވަމުން އީލޮން ވިދާޅުވި 2050 ވަނަ އަހަރު ނިމުމުގެ ކުރިން، މާސްގައި އިންސާނުން އާބާދުކުރަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

"މި ދައްކަނީ އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫން،" އީލޮން ވިދާޅުވި އެވެ. "މާސް އަށް ދާން ކުރަން ހުރީ ބުރަ މަސައްކަތްތަކެއް. މާސް އަށް ދާން އޮތް މަގަކީ ނުރައްކާ ތަނެއް. އެކަމަކު ވެސް، މާސްގައި މަރުވުމަކީ ޝަރަފެއް ކަމަށް މި އޮތީ ބަލަން ޖެހިފަ."

އީލޮން ވިދާޅުވި ގޮތުގައި މާސް އަށް އިންސާނުން ފޮނުވުމަށްޓަކައި އޭނާގެ ކުންފުނި، ސްޕޭސްއެކްސް އިން ބުރަ މަސައްކަތްތަކެއް ކުރާނެ އެވެ. ސްޕޭސް ޝިޕެއް މާސްގައި ބަނދަރުކުރުވައިގެން ނަމަވެސް، މާސްގައި އިންސާނުންނަށް އުޅެވޭތޯ ބަލާނެ އެވެ.

އިންސާނުން މާސް އަށް ފޮނުވުމަށްޓަކައި، އީލޮން ދެކެވަޑައިގަންނަވަނީ ބިޔަ އުޅަނދެއް ކަމުދާނެ ކަމަށެވެ. އެއީ 100 އެއްހާ މީހުންނަށް ދަތުރުކުރެވޭ އުޅަނދަކަށް ވާންޖެހޭ ކަމަށާއި އެ މިންވަރަށް ދާގީނާ ވެސް އުފުލެން ޖެހޭ ކަމަށެވެ. މާސް އަށް ދަތުރުކުރުމަކީ ކޮންމެ ދެ އަހަރަކުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާސް އަށް ދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މީގެ ދެތިން އަހަރުކުރިން ނެތް މައުލޫމާތު މިހާރު ހުރިކަން ފާހަގަކުރައްވައި އިލޮން މަސްކް ވިދާޅުވި ގޮތުގައި ދެން ހުރީ ވެސް އިންސާނިއްޔަތަށް ކުޅަދާނަ ކަންތައްތަކެކެވެ.