Roadha Mihaaru

ބްރެޒިލްގެ ކުރީގެ ރައީސްގެ ހައްގުތަކުގެ މައްސަލަ އދ. އިން ބަލަނީ

ޖެނީވާ (އޮކްޓޯބަރު 27) - ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގައި ކޯޓުތަކުން އޭނާގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެ ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް ލޫލާ ޑަ ސިލްވާގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަން ބަލާނެ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

ބްރެޒިލްގެ ކުރީގެ ރައީސްގެ ހައްގުތަކުގެ މައްސަލަ ބަލަނީ
ހަސަން އާމިރު
ހަސަން އާމިރު

27 އޮކްޓޯބަރ 2016

ޖެނީވާ (އޮކްޓޯބަރު 27) - ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގައި ކޯޓުތަކުން އޭނާގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެ ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް ލޫލާ ޑަ ސިލްވާގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަން ބަލާނެ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

"ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައި ވަނީ،" އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާން އެލިޒަބަތު ތުރޯސެލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރެޒިލުން ރަސްމީ ޖަވާބެއް ލިބުމުން ޕެޓީޝަނާ ގުޅިގެން ތަހުގީގު ހިންގުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. އެ މަސައްކަތަށް ދެ އަހަރުވަރު ހޭދަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ބްރެޒިލްގެ ރައީސްކަން ލޫލާ ކުރެއްވި ދުވަސްވަރު ހިންގަވާފައިވާ ކަމަށް ބުނާ ކޮރަޕްޝަނުގެ މައްސަލަތައް ދަނީ އެ ގައުމުގެ ކޯޓުތަކުން ބަލަމުންނެވެ. ލޫލާ، 71، ވިދާޅުވެފައި ވަނީ ގާނޫނީ ނިޒާމް ބޭނުންކޮށްގެން އޭނާގެ ހައްގުތައް ނިގުޅައި ގަތުމަށް ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ސިޔާސީ އެޖެންޑާއެއްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލަ ލޫލާގެ ފަރާތުން އދ. އަށް ހުށަހެޅީ ޖުލައި މަހު އެވެ. މައްސަލަ ރަޖިސްޓްރީ ކުރީ އިއްޔެ އެވެ.