Roadha Mihaaru
އޭޑީކޭ އިން ހުޅުމާލޭގައި ފާމަސީއެއް ހުޅުވައިފި

އޭޑީކޭ އިން ހުޅުމާލޭގައި ފާމަސީއެއް ހުޅުވައިފި

28 އޮކްޓޯބަރ 2016

އޭޑީކޭ އިން ހުޅުމާލޭގައި ފާމަސީއެއް ހުޅުވައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އޭޑީކޭ އިން ހުޅުމާލޭގައި ފާމަސީއެއް ހުޅުވައިފި އެވެ.

މާލޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ފާމަސީ ހިންގާ އޭޑީކޭގެ 10 ވަނަ ފާމަސީ ހުޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތަރައްގީ ކުރާ މިނީ މޯލްގަ އެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ އެތަން ހުޅުވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

އެ ރަސްމިއްޔާތުގައި ސައިމަން ވިދާޅުވީ އޭޑީކޭގެ ފާމަސީ އަކީ ހުޅުމާލޭގައި މިނީ މޯލެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށާއި އެ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އެގޮތުން، މިއީ އެންމެ ތިރީ ބުރީގައި މިހާރު ހުޅުވާފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބްރާންޗް ފިޔަވައި އެ މޯލްގައި ހުޅުވޭ ފުރަތަމަ ފިހާރަކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިކަމުން އެނގިގެން ދަނީ އޭޑިކޭ އިން ރައްޔިތުންނަށް ހިދުމަތްދިނުމަށްޓަކައި ސަމާލުކަން ދެމުން އަންނަ މިންވަރު،" ސައިމަން ވިދާޅުވި އެވެ.

އޭޑީކޭ އިން ހުޅުމާލޭގައި ހެދި ފާމަސީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން ހުޅުވައިދެއްވަނީ.-- ފޮޓޯ: އޭޑީކޭ

އޭޑީކޭ އިން ހުޅުމާލޭގައި ހެދި ފާމަސީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން ހުޅުވައިދެއްވަނީ.-- ފޮޓޯ: އޭޑީކޭ

އޭޑީކޭ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ފަޒްލާ ހަސަން ވިދާޅުވި ގޮތުގައި އޭޑީކޭގެ އެހެން ފާމަސީތަކުން ލިބޭ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި ހުޅުވި މި ފާމަސީން ވެސް ލިބޭނެ އެވެ. އަދި އެ ތަނުން އާސަންދައިގެ ހިދުމަތް ދޭން ފެށުމަކީ ވެސް އެ ކުންފުނިން ކުރާ އުއްމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގަައި ހިންގާ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލްގެ އިތުރުން، އޭޑީކޭ އިން ބޭހާއި މެޑިކަލް ކަންކަމާ ގުޅޭ އާލާތްތައް ފުޅާ ދާއިރާއެއްގައި ރާއްްޖެ އެތެރެކޮށް ވިއްކަ އެވެ. އެ ކުންފުނިން ބުނީ ހުޅުމާލޭގައި ފާމަސީއެއް ހުޅުވުމުގެ މަގްސަދަކީ ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށެވެ.