އަސާސީ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރުން އަންނަ މާޗް މަހަށް ފަސްކޮށްފި އެވެ.
24 ޖެނުއަރީ 2022
އަސާސީ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރުން އަންނަ މާޗް މަހަށް ފަސްކޮށްފި އެވެ.
ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށްޓަކައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނެރުނު ގަވާއިދު ބުނާގޮތުން، ބޭސްތައް ވިއްކޭނީ އެންމެ ބޮޑުވެގެން ކޮސްޓް ޕްރައިސްގެ 100 ޕަސެންޓަށްވާ އަގަށެވެ. އެ ގަވައިއިދު ތަންފީޒު ކުރުމުގެ ގޮތުން، އެންމެ ފުރަތަމަ އަސާސީ ބޭސްތަކުގެ އަގު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންޓްރޯލް ކުރުމަށް ފަހު އަންނަ ޖުލައި މަހުން ފެށިގެން ދެން ހުރި ބޭސްތަކުގެ އަގު ވެސް ކޮންޓްރޯލް ކުރަން ލާޒިމްކުރެ އެވެ.
އެކަމަކު އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން، އަސާސީ ބޭސްތައް ކޮންޓްރޯލް އަގުގައި ވިއްކަން ޖެހެނީ އަންނަ މާޗް މަހުން ފެށިގެންނެވެ. އަސާސީ ބޭސްތަކުގެ ލިސްޓާއި އޭގެ އަގު އެ ދުވަހުން ފެށިގެން ސަރުކާރުން އާންމު ކުރަން ޖެހޭއިރު، ބޭސްތައް ވިއްކާ އަގުތައް ފާމަސީތަކުގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ނަމަވެސް ދެން ހުރި ބާވަތުގެ ބޭސްތަކުގެ އަގު ކޮންޓްރޯލްކުރާ ތާރީޚު ފަސްކޮށްފައެއް ނުވެ އެވެ. އެހެންވެ، ކުރިން ވެސް އެ ގަވާއިދުގައި އޮތްގޮތަށް އެހެން ބާވަތްތަކުގެ ބޭސްތަކުގެ އަގު އަންނަ ޖުލައި މަހުން ފެށިގެން ވިއްކޭނީ ކޮންޓްރޯލް އަގަށެވެ.
އާ ގަވާއިދު ބުނާގޮތުން ކޮންޓްރޯލް އަގާ ޚިލާފަށް ބޭސް ވިއްކާ ނަމަ ބޮޑެތި އަދަދުން ޖޫރިމަނާ ކުރާނެ އެވެ.
ކޮލިޓީ ދަށް ބޭހެއް ފާމަސީތަކަށް ނުވިއްކޭނެ:އެމްއެފްޑީއޭ
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން އަންގަވައިފި
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
މޮޅެތި ބޭސް ފަސޭހައިން ގެނެވޭ ޕޮލިސީ ލޯންޗުކޮށްފި
އާއްމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ލިބުން ދަތިވެއްޖެ
ޔޫރަޕުން ބޭސް ގެނެވޭގޮތަށް އުސޫލު ރިވިއުކުރަން ފަށައިފި
ބޭހުގައި ޒަހަރު، މިފަހަރު ސަލާމަތްވީ ނަސީބަކުން!