ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން އުފެއްދި ކުންފުނީގެ ޗެއާމަނަކަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު އައްޔަންކޮށްފި އެވެ.
09 ޑިސެމްބަރ 2025
ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން އުފެއްދި ކުންފުނީގެ ޗެއާމަނަކަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި"ގެ ނަމުގައި އުފައްދާފައިވާ ކުންފުނީގެ ޗެއާމަން ކަމަށް ހަލީމް ހަމަޖައްސާފައިވާ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު 9 ގައި އުފެއްދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯއަކަށް ކުރިން ހުންނެވި ޑރ. ޝާހު މާހިރެވެ. ޗެއާމަނާއި އެމްޑީއާއެކު ޑިރެކްޓަރުންގެ ބޯޑުގައި މި ވަގުތު ހަ ބޭފުޅުން އެބަތިއްބެވެ.
ޝާހު، މީގެ ކުރިން "މިހާރު"އަށް ވިދާޅުވީ މަސައްކަތް ބަދަލުވުމުގެ މަރުހަލާގައި އޮތުމުން އަދިވެސް ބޭސް ގެންނަނީ އެސްޓީއޯއިން ކަމަށެވެ.
ބޭސް ކުންފުނީގެ ދަށަށް ހުރިހާ އޮޕަރޭޝަނެއް ބަދަލުވާން 3-6 މަސް ދުވަސް ނަގާނެ ކަމަށް، މިދިޔަ އޮކްޓޯބަރު މަހު ދިން އިންޓަވިއުގައި ޝާހު ވިދާޅުވި އެވެ.
"ވަރަށް ބޮޑު އޮޕަރޭޝަނެއް ވީމާ އޯވަނައިޓަކުން ސްވިޗެއް ނުކުރެވޭނެ. އެހެންވެ، ޕަބްލިކަށް ދެމުންދާ ސާވިސަސްތަކަށް އުނދަގުލެއް ނުވެ ނުވަތަ ޑިފިކަލްޓީއެއް ނައިސް މިހާރު ހަމަ ކުރަމުންދާ ގޮތަށް ކުރަމުންދާނީ،" ޝާހު ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ އެސްޓީއޯ ބޭސް ފިހާރަތައް ވެސް، މި ބަދަލުތަކާ އެކު ފާމަސޫޓިކަލް ކުންފުނީގެ ދަށަށް ބަދަލުވާނެ އެވެ.
ރާއްޖޭގައި ބޭސް އުފެއްދުމުގެ ފުރުސަތު އެބައޮތް: ނާޒިމް
ރާއްޖެއަށް ބޭސް އެތެރެކުރަން ކުންފުންޏެއް އުފައްދައިފި
"ބޭހުގެ މައްސަލަ ހައްލުނުވަނީ ގަވައިދު އޮތްގޮތުން"
އާސަންދައިން ބޭސް ދޫނުކޮށް ވިއްކާ ނަމަ ފިޔަވަޅުއަޅަނީ
ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފައްދަނީ
އެސްޓީއޯ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލު ކުރަނީ
ބޭހުގެ ދަތިކަން ހައްލުކުރަން އިންޑިއާއެކު އެއްބަސްވެއްޖެ
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން
"ބޭހުގެ ވަކި ބްރޭންޑެއް ދޭންޖެހޭ ހާލަތުގައި ދޭނެ"
ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ހާއްސަ ކޮމިޓީއެއް