21 ސެޕްޓެމްބަރ 2020
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވާ ކާގޯ ދަތުރުތައް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވާ ކާގޯ ދަތުރުތައް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން އޮޕަރޭޓްކުރާ ކާގޯ ބޯޓު، ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތަކާއެކު އަންނަ ހޮނިހިރު ދުވަހު ހދ. ކުޅުދުއްފުއްޓަށް ފޯރާނެ އެވެ. މާލެ އަށް އެ ބޯޓު އަންނަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު އެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އިންޑިއާގ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.
ދަތުރުތައް ފެށުމަށް ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދިރް އަދި އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ ހަރަކާތްތައް ލާމަރުކަޒު ކުރުމަށް އަލަށް ފެށި ކާގޯ ދަތުރު މުހިއްމުވާ ކަމަށެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައި ރާއްޖެއައުމަށްޓަކައި އިންޑިއާގެ ސޫތުކުޅިން ފުރަތަމަ ފެރީ ފުރައިފިއެވެ. ސޫތުކުޅި އަދި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ފުރަތަމަ ބަނދަރުކުރާނީ ކުޅުދުއްފުއްޓަށެވެ. pic.twitter.com/8WZ9AOr8eQ
— Ministry of Transport and Civil Aviation (@MoTCAmv) September 21, 2020
އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިއުމުގެ ސަބަބުން އެހެން ގައުމުތަކުގެ ބޯޑަރު އަލުން ބަންދުކުރަން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެ އާއި އިންޑިއާގައި ތިބި މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނަގޅުކުރަން ދެ ގައުމުގެ ލީޑަރުން މަސައްކަތް ކުރައްވާކަން ޔަގީންވާ ކަމަށެވެ.
އިންޑިއާގެ ޝިޕިން މިނިސްޓަރު މަންސުހް މަންޑަވިޔާ ވިދާޅުވީ، ކާގޯ ދަތުރުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުމުގެ އިތުރުން ވިޔަފާރީގެ ގޮތުން ގުޅުން ހަރުދަނާވާނެ ކަމަށެވެ.
ކޮޗިން ދަތުރަށް އިތުރު ކާމިޔާބީއެއް ލިބި ރާއްޖޭގެ އުތުރުގެ ހިސާބުތަކުގައި އިގުތިސޯދީ ހަރަކާތްތައް އިތުރުވާނެ ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާ އިން ހާރިޖީ ގުޅުން ގާއިމްކުރިތާ 55 އަހަރު ފުރޭއިރު، ފެނިގެންދަނީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާ ތަން ކަމަށް ނަހުލާ ވިދާޅުވި އެވެ.
މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
ޝިޔާމްގެ ކަންބޮޑުވުން، ރާއްޖެ-ކޮޗިންގެ ފެރީގެ ނިޒާމަށް
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިންޑިއާގެ އާ ސަފީރަކަށް އަޒީމާ އައްޔަން ކުރަނީ
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު
ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި