Roadha Mihaaru

ނޫކުލައިގެ މޭކަޕެއް، ފަހުގެ ޓްރެންޑެއް

20 އޯގަސްޓް 2016

ލޮލުގެ މި މޭކަޕް ކުރުމަށް އެންމެ ފުރަތަމަ ޖައްސާނީ ހަމުގެ ކުލަޔާ ގުޅޭ، ވީހާވެސް ނިއުޓްރަލް ކުލައެކެވެ. ބުމަ ނިމޭ ހިސާބަށް ނުވަތަ ބުމައިގެ ފްރޭމް ތެރޭގައި އައިލައިނާ އާއި އައިޝެޑޯ ގެންގުޅެން މި މޭކަޕް ކުރާއިރު ސަމާލުވާށެވެ.

ނޫކުލަ އަކަށް ބޭނުންކުރާނީ އެލިއަންޓޯގެ އައިޝެޑޯ އެވެ. އޭރުން ރީތިވާނެ އެވެ.

ފަރުވާތެރިވާށެވެ. ފިހިން ކުލަ ނަގާ ގޮތަށް އުނގުޅަން ފެށުމުގެ ކުރިން އަތުގައި ޖައްސާލައިގެން ނަމަވެސް ކުލަ ހެޔޮވަރުތޯ ޓެސްޓްކޮށްލަން ވާނެ އެވެ. ކުލަތައް ރަނގަޅަށް ބްލެންޑުކޮށްލާށެވެ. ލޮނުގެ އެތެރެ ކަނުގައި ޖައްސަން ދަ ބާމްގެ "ނޫޑް ޑޫޑް" ވަރަށް ރަނގަޅުވާނެ އެވެ.

ދެން އައިލައިނާ ފިއްސަކުން "ސްމޯކްއައުޓް" ކޮށްލާނީ އެވެ. މިކަމަށް ބޭނުންކުރާނީ ކަޅު ނުވަތަ އަޅި ކުލަ ކުލަ އެވެ. އޭގެ ފަހުން، އެސްފިޔަތައް ކާވްކޮށްލުމަށް ފަހު ޖައްސާނީ ގޯޝް އެކްސްޓްރީމް މަސްކަރާ އެވެ.

މި މޭކަޕްގައި ތުންފަތުގައި ޖައްސަން ރަނގަޅުވާނީ ނެޗުރަލް ކުލައެކެވެ.

މިފަހަރުގެ "މިހާރު ސްޓައިލް ވީޑިއޯ" އަށް މޮޑެލްކޮށްދީފައި ވަނީ ފާތިމަތު ލީނާ އެވެ. މޭކަޕްކޮށްދިނީ ރުބްތާ އަހްމަދެވެ.