Roadha Mihaaru

މިހާރު ސްޓައިލް: ސެލްފީ ވެސް މޭކަޕުން ރީތިކޮށްލާނެ

19 ނޮވެމްބަރ 2016

ސެލްފީއެއް ނެގުމަކީ ވެސް މިހާރު ކުޑަ ކަމެއް ނޫނެވެ. އެކަން އޮތީ ރީއްޗަށް، މޮޅަށް ކުރުމުގެ އުކުޅުތައް ދަސްކުރަންޖެހޭ ކަމަށް ގަބޫލުކުރަންޖެހޭ ހިސާބުގަ އެވެ. މޫނަށް އަލި އެޅޭ ގޮތް، ސެލްފީ ނަގާ ތަން ވެސް މުހިންމެވެ. އެމީހެއްގެ މޫނުގެ ގުދުރަތީ ރީތިކަން ފެންނާނެ ގޮތަކަށް ސެލްފީ ނަގަން މަސައްކަތް ކުރަންޖެހެ އެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

ސެލްފީއެއް ނެގުމަކީ ވެސް މިހާރު ކުޑަ ކަމެއް ނޫނެވެ. އެކަން އޮތީ ރީއްޗަށް، މޮޅަށް ކުރުމުގެ އުކުޅުތައް ދަސްކުރަންޖެހޭ ކަމަށް ގަބޫލުކުރަންޖެހޭ ހިސާބުގަ އެވެ. މޫނަށް އަލި އެޅޭ ގޮތް، ސެލްފީ ނަގާ ތަން ވެސް މުހިންމެވެ. އެމީހެއްގެ މޫނުގެ ގުދުރަތީ ރީތިކަން ފެންނާނެ ގޮތަކަށް ސެލްފީ ނަގަން މަސައްކަތް ކުރަންޖެހެ އެވެ.

ފަހަކަށްއައިސް އެކި ވައްތަރުގެ ފޮޓޯ ފިލްޓަރުތައް ގިނަވެއްޖެ އެވެ. ނަމަވެސް، ފިލްޓާއެއް ނުލައި ވެސް އެމީހެއްގެ ހަންގަނޑު އޮމާންވެފައި އުޖާލާކަމަށް ދައްކާލެވޭނެ އެވެ. "މިހާރު ސްޓައިލް"ގެ މި އެޕިސޯޑުގައި ދައްކާލަނީ މިކަހަލަ އުކުޅެކެވެ.

ގުދުރަތީ ގޮތް ވަރަށް ބޮޑަށް ފެނިގެންދާނެ ގޮތަކަށް މޭކަޕް ކޮށްލާނެ ގޮތް، ހުނަރުވެރި މޭކަޕް އާޓިސްޓް ރުތުބާ އަހްމަދު މޮޑެލް މިއުޝާގެ މޭކަޕުން ދައްކާލާނެ އެވެ. މޫނު މޮއިސްޗަރައިޒް ކޮށްލުމަށް ފަހު ފައުންޑޭޝަންގެ ބަދަލުގައި ކޮންސީލާއަކުން ލޯ، އަނގަ ކައިރި އަދި ޕިމްޕަލް ފަދަ ތަންތަނުގައި ކޮންސީލާ ޖައްސަން ރުތުބާ ނަސޭހަތްތެރިވެ އެވެ.

ރުތުބާ ބުނަނީ ބްލަޝް، ލިޕްސްޓިކް ފަދަ ޕްރޮޑަކްޓް ކުލަ ފަނޑުކޮށް އެމީހެއްގެ ހަމުގެ ކުލަ އާއި ގާތްކުރާ ކުލައެއްގައި ބެހެއްޓުމުން ރީތި ވާނެ ކަމަށެވެ. އެސްފިޔަ ތުނިކޮށް ހުންނަ ނަމަ ގަދަ މުށި ކުލައެއްގެ އައިލައިނާ އަކުން ހިމަ ކޮށް އަޅާލެވިދާނެ އެވެ. އަދި މަސްކާރާގެ ފިހީގައި ގިނަ ވެފައިވާ ކުލަތައް ޓިޝޫ ކަރުދާސްކޮޅެއްގައި ފޮހެލުމަށްފަހު އެސްފިޔަ ތަކުގައި ޖައްސާލާށެވެ.

ފުރިހަމަ ސެލްފީއަކަށް 'ނޯ މޭކަޕް' މޭކަޕް

ފުރިހަމަ ސެލްފީއަކަށް 'ނޯ މޭކަޕް' މޭކަޕް

މިކަހަލަ މޭކަޕަށް "ނޯ މޭކަޕް މޭކަޕް" ވެސް ކިޔާ އުޅެ އެވެ. އެއީ އެކި ލޭޔަރަށް މޭކަޕް ކޮށްފައި ހުންނަ ސިފަ ނުޖަހައި، ނެޗުރަލްކޮށް ކޮށްލާ މޭކަޕަކަށް ވާތީ އެެވެ. މި މޭކަޕަކީ ކޮންމެ ދުވަހަކު ކޮށްލެވޭނެ އަދި ކޮންމެ މުނާސަބަތަކަށް ވެސް ޖައްސާލެވޭނެ ވައްތަރެކެވެ.