Roadha Mihaaru
ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

މާލޭގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިިފި

23 ސެޕްޓެމްބަރ 2020

މާލޭގައި މިރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގައި މިރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެެ.

ފުލުހުން ބުނީ ހަމަލާ ދީފައިވަނީ ހަވީރީ ހިނގުމާއި ޝަހީދު އަލީ ހިނގުން ގުޅޭ ހިސާބުން ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި ހަމަލާ ރިޕޯޓްކުރީ މިރޭ 8:45 އެހާއިރު އެވެ.

ޒަހަމްވި މީހާ އަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް އަދި ނޭނގެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ހަމަލާ ދިން ސަރަހައްދުން، ތޮއިބާ މިސްކިތް ކައިރިން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މި ހަމަލާ ދީފައި މި ވަނީ މިފަދަ ހަމަލާތައް މާލެ ތެރޭ ވަރަށް ބޮޑަށް މަދުވެފައި އޮތުމަށް ފަހުގަ އެވެ.