އިންޑިއާގެ ކޮޗިން އިން ކުޅުދުއްފުއްޓަށް ފަށާ ކާގޯ ދަތުރުތަކުގައި ބޭނުންކުރާ ބޯޓުން އެ ބަނދަރަށް މުދާ ބޭލުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ކުޅުދުއްފުށި ޕޯޓު (ކޭޕީއެލް) އިން މިއަދު ބުނެފި އެވެ.
24 ސެޕްޓެމްބަރ 2020
އިންޑިއާގެ ކޮޗިން އިން ކުޅުދުއްފުއްޓަށް ފަށާ ކާގޯ ދަތުރުތަކުގައި ބޭނުންކުރާ ބޯޓުން އެ ބަނދަރަށް މުދާ ބޭލުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ކުޅުދުއްފުށި ޕޯޓު (ކޭޕީއެލް) އިން މިއަދު ބުނެފި އެވެ.
ކޭޕީއެލްގެ ޗީފް މެނޭޖަރު މުހައްމަދު އަހުމަދު "މިހާރު"އަށް ވިދާޅުވީ ކުޅުދުއްފުށި ޕޯޓަށް ކައިރިކުރެވޭނީ 1000 ޓަނުގެ ބޯޓުފަހަރަށް ކަމަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު "ފެރީއެއް"ގެ ގޮތުގައި ފަށާ މުދާ އުފުލުމުގެ މި ދަތުރުތަކުގައި ބޭނުންކުރަނީ 3000 ޓަނުގެ ބޯޓެކެވެ.
މުހައްމަދު ވިދާޅުވި ގޮތުގައި އެވަރުގެ ބޯޓަކުން މުދާ ހުސްކުރަން ޖެހޭނީ ބޭރުގައި ބާއްވައި، ދޯނިފަހަރު ބޭނުންކޮށްގެންނެވެ. އެކަމަކު އެއީ މޫސުމް ގޯސް ދުވަސްވަރަކަށް ވެއްޖެ ނަމަ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އައުޓް ޓޭންކާކޮށް [ބޭރުގައި ބާއްވައިގެން] މުދާ އުފުލާ ދޯނިތައް ބޭނުންކޮށްގެން ޕޯޓާ ހަމައަށް މުދާ ގެންނަން ޖެހޭނީ. އެހެންކަމުން ކުޑަކޮށް ވެސް ވައި ގަދަ ވެއްޖެއް ނަމަ މުދާ ބާލަން ތާވަލު ކޮށްފައި އޮތް ދުވަހަށް ވުރެ ގިނަ ދުވަސް ނަގާނެ،" މުހައްމަދު ވިދާޅުވި އެވެ.
އޭގެ މާނައަކީ، އޭނާ ވިދާޅުވި ގޮތުގައި، ކުޅުދުއްފުއްޓަށް މުދާ ހުސްކޮށް، މާލޭ ބަަނދަރަށް ދާން އޮންނަ ޝެޑިއުލަށް އަސަރުކުރާނެ ކަމެކެވެ.
އިންޑިއާ ކާގޯ ބޯޓުގެ ރާއްޖޭގެ އޭޖެންޓަކީ އަލަށް އުފެއްދި، މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުންޏެވެ. ކޭޕީއެލުން ވަނީ މި ދަތުރުތަކުގައި 1000 ޓަނުގެ ބޯޓެއް ބޭނުންކުރަން އެދިފަ އެވެ.
ދެ ގައުމުން އަލަށް ފަށާ އަދި ކުރިމަގުގައި ބޮޑު ލުއިފަސޭހައެއް ލިބޭނެ ކަމަށް ދެ ސަރުކާރުން ސިފަކުރާ ވިޔަފާރީގެ މި ގުޅުމުގެ ފުރަތަމަ ދަތުރުގައި، ކާގޯ ބޯޓު ކުޅުދުއްފުއްޓަށް ބަނދަރުކުރަން ތާވަލްކޮށްފައި ވަނީ އަންނަ ހޮނިހިރުދުވަހަށެވެ. މާލެ އަންނަން ހަމަޖައްސާފައި ވަނީ ހޯމަދުވަހު އެވެ.
ކުޅުދުއްފުއްޓަށް ޓުޓިކޮރިން އިން މުދާ ގެންދަން ފަށައިފި
ކޮޗިންއިން ފުރަތަމަ ކާގޯ ބޯޓު ކުޅުދުއްފުއްޓަށް
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
އެއްބަސްވުން އުވާލުމުގެ ބަދަލަށް 29 މިލިއަން!
އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
އައުޓްޑޯ ޖިމްތަކާއެކު ކަސްރަތުގެ ފޯރި ގަދަވަނީ
މިިއީ ބޮޑުތިލަދުންމަތީގެ ބޮޑު ތަރައްގީގެ ފެށުން: ޝާހިދު
ރާއްޖެ-ކޮޗިން ކާގޯ ދަތުރުތައް ފަށައިފި
ރާއްޖެ-ކޮޗިން ފެރީ މި މަހުގެ 20 ގައި ފަށަނީ