މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް 80 ހުށަހެޅުން ލިބިފައިވާކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.
24 ސެޕްޓެމްބަރ 2020
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް 80 ހުށަހެޅުން ލިބިފައިވާކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.
ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި ދެމުން އަންނަ އިނާމަށް 11 ދާއިރާ އަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި އެވެ. އެއީ ތަހުގީގީ ނޫސްވެރިކަން، އިޖުތިމާއީ، ތާރީޚާއި ސަގާފަތް، ފަންނުވެރިކަން، ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްގީ، ސިޔާސީ ޝަރުއީ އަދި ގާނޫނީ، ވިޔަފަރިއާއި އިގުތިސޯދު، ކުޅިވަރު، ފީޗާ/ރިޕޯޓު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް އަދި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމެވެ.
އެ ކެޓަގަރީތަކުގެ ތެރެއިން އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ ފީޗާ/ރިޕޯޓަށެވެ. އެ ދާއިރާއިން 24 ހުށަހެޅުމެއް ލިބިފައި ވެ އެވެ. ދެ ވަނައަށް އެންމެ ގިނައީ އިޖުތިމާއީ، ތާރީޚާއި ސަގާފަތް، ފަންނުވެރިކަމުގެ ކެޓަގަރީ އަށް ހުށަހެޅި ހުށަހެޅުންތަކެވެ. އެ ކެޓަގަރީތަކަށް 10 ނޫސްވެރިން ކުރިމަތިލާފާއި ވެ އެވެ.
އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު ފިޔަވައި ބާކީ ހުރި ދާއިރާތަކުން އޮންލައިން/ޕްރިންޓް މީޑިއާ އަދި ބްރޯޑްކާސްޓިން ކެޓަގަރީ އަށް އެވޯޑު ދެނީ ވަކިވަކިންނެވެ. ބްރޯޑްކާސްޓިން ކެޓަގަރީ އަށް 14 ހުށަހެޅުން ލިބިފައި ވެ އެވެ. ތިން ދާއިރާއަކަށް އެއްވެސް ނޫސްވެރިއަކު ކުރިމައްޗެއް ނުލަ އެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ އޮންނަ ތާރީޚެއް އަދި ކަނޑައެއް ނާޅަ އެވެ.
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!
ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް ސަންގަށް
"ސަރުކާރަކާ ނުލައި ވެސް ނޫސްވެރިކަން އޮތުން މުހިންމު"
ނޫސްވެރިކަމުގެ އަލިމަސް ގަލަން އަށް ބޭފުޅަކަށް
ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ސޯދިގަށް
ނޫސްވެރިކަމުގެ އިނާމަށް ލިބުނީ 31 ހުށަހެޅުން
ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް "މިހާރު"އަށް
ނޫސްވެރިކަމުގެ އިނާމަށް މުއްދަތު އިތުރުކޮށްފި
ނޫސްވެރިންގެ އެވޯޑު "ގެއްލިއްޖެ"؟
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި